އިސްކޮޅު ދިގު ކުރަން 170،000 ޑޮލަރު ހަރަދުކޮށްފި

ގިބްސަން އެންމެ ފުރަތަމަ މި ޕްރޮސީޖާ ހެދީ 2016 ވަނަ އަހަރު އެވެ. އޭގެ ސަބަބުން އޭނާގެ އިސްކޮޅަށް ތިން އިންޗި އިތުރުވެ 5 ފޫޓް 8 އިންޗިއަށް އިސްކޮޅު ގެންދިގަ އެވެ.

އެމެރިކާގެ މިނިސޯޓާގެ މީހަކު އޭނާގެ އިސްކޮޅަށް ފަސް އިންޗި އިތުރު ކުރަން ބޭނުން ވެގެން ފައި ދިގު ކުރުމުގެ ދެ ސާޖަރީއަކަށް 1،70،000 ޑޮލަރު ހަރަދު ކޮށްފި އެވެ. 

މޫސަސް ގިބްސަން ކުރީ ވަރަށް ވޭން ހުރި ސާޖަރީއެކެވެ. އެ ސާޖަރީއަށް ދިއުމުގެ ކުރިން އިސްކޮޅުން ދިގުވުމަށް ބޭސް ކެއުމުން ފެށިގެން ގޮސް ރޫޙާނީ ފަރުވާތައް ހޯދަން ވެސް ކުރެވެން ހުރި މަސައްކަތެއް އޭނާ ކުރި އެވެ.

"އެކަން ކަމުން ނަފްސަށް ރަނގަޅު އިހުސާސެއް ނުކުރެވުނު،" ގިބްސަން ބުންޏެވެ.

އުމުރުން 41 އަހަރުގެ ސޮފްޓްވެއާ އިންޖިނިއަރު އަދު ރޭގަނޑު އޫބާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާ ފުރަތަމަ ސާޖަރީއަށް 75،000 ޑޮލަރު ހޭދަ ކުރި އެވެ.

ގިބްސަން އެންމެ ފުރަތަމަ މި ޕްރޮސީޖާ ހެދީ 2016 ވަނަ އަހަރު އެވެ. އޭގެ ސަބަބުން އޭނާގެ އިސްކޮޅަށް ތިން އިންޗި އިތުރުވެ 5 ފޫޓް 8 އިންޗިއަށް އިސްކޮޅު ގެންދިގަ އެވެ. ނަމަވެސް ހިތްހަމަ ނުޖެހި ދެވަނަ ސާޖަރީއެއް ހެދީ އެވެ.

"ފުރަތަމަ ޕްރޮސީޖަރަށް ފަހު ކޮންމެވެސް މިންވަރަކަށް އެކަމާ އުފާވި ނަމަވެސް އަބަދުވެސް ސިކުނޑީގައި އޮތީ އެކަން ފުރިހަމަ ކުރުމަށް ދެވަނަ ސާޖަރީއެއް ކުރަން ބޭނުން ވާކަމަށް... އަހަންނަކީ ކުރަން ބޭނުންވާ ކަމެއް ހާސިލު ކުރަން ކޮންމެހެން ބޭނުންވާ މީހެއް،"

ގިބްސަން ދެވަނަ ސާޖަރީއަކަށް ދިޔައީ މިދިއަ މާޗު މަހު އެވެ. އެ ސާޖަރީއަށް 98،000 ޑޮލަރު ހަރަދު ކުރި އެވެ. އަދި މި ފަހަރު އިސްކޮޅަށް ދެ އިންޗި އިތުރުކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.