ގޮނޑި ކާމިޔާބު ކުރީ ނުފޫޒު ފޯރުވައި ރުފިޔާ އަޅައިގެން: ޝަރީފު

ސާދަ އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ގެއްލުނީ 120 ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ވަނީ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އާދަމް ޝަރީފު އުމަރު: ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި ގޮތާމެދު ސުވާލު އުފެއްދެވި

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން އެ ގޮނޑި ކާމިޔާބު ކުރީ ސަރުކާރުގެ ހުރިހާ ނުފޫޒެއް ބޭނުންކޮށް އެތައް މިލިއަން ރުފިޔާ ބަހައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފި އެވެ.  

އާދަމް ޝަރީފް ވިދާޅުވީ ގުރައިދޫ ދާއިރާގެ ވޯޓް ލީ 2755 މީހުންގެ ތެރެއިން ސަރުކާރުގެ ހުރިހާ ނުފޫޒަކާ ބެހި ހުރިހާ ފައިސާއަކުން ލިބުނީ 1346 ވޯޓް ކަމަށާއި ބާކީ 1409 ސަރުކާރަށް ބުނީ ނޫނެކޭ ކަމަށެވެ. ތިން ރަށުން 50 ޕަސެންޓް ވެސް ނުލިބޭ ކަމަށާއި މި ސާމްޕަލް އަށް ބަލާނަމަ އެމްޑީޕީ ބޮޑު ތަނުން ބަލިވެ ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ އެމްޑީޕީއަށް ރާއްޖޭގެ އެންމެނަށް ސަރުކާރުގެ ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ހުރިހާ ރައްޔިތުންނަކީ ފައިސާއަށް ވިކޭނެ ބައެއް ވެސް ނޫން ކަމަށެވެ. ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ

  • ހުސައިން ރިޒާ އާދަމް، ޕީޕީއެމް -- 1226 ވޯޓު
  • އިބްރާހީމް ޝާޒް، އެމްޑީޕީ -- 1346 ވޯޓު
  • އަލީ އަރީފް، އެމްއެންޕީ -- 122 ވޯޓު

ސާދަ އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ގެއްލުނީ 120 ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ވަނީ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.