ނައީމާގެ މަރުގެ ތަހުގީގަށް ބައެއް މީހުންގެ ގައިން އިނގިލީގެ ނިޝާން ނަގަނީ

މި މައްސަލާގައި މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ނުދެއެވެ. މީހަކު ހައްޔަރު ނުކުރާއިރު، ތުހުމަތުވާ މީހެއް ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ނ، މަނަދޫ، އަންނާރުމާގޭ ނައީމާ މޫސާ: ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލާފައި އޮއްވާ ފެނުނީ 2023، އޭޕްރީލް 7 ގައި

މި މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަންނާރުމާގޭ ނައީމާ މޫސާ، 62 ގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެރަށުގެ ބައެއް މީހުންގެ އިނގިލީގެ ނިޝާން ފުލުހުން ނަގަމުން އެބަދެ އެވެ. 

މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހް "މި" ނޫހަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ބައެއް މީހުންގެ ފިންގަޕްރިންޓް ނަގަމުން ދާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި، ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ނައީމާ އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ. އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ، ކަރު ވެސް ބުރި ކޮށްލަން މަސައްކަތް ކޮށްފައި ހުރިއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ ދީފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ނައީމާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ އެރަށުގެ ބައެއް ތަންތަން ބަލާ ފާސްކޮށްފައެވެ. އޭގެ ތެރޭގައި އެ ރަށުގެ ފަޅުގެއެއް ހިމެނެއެވެ. އެ ގެ ބަލާފާސް ކުރީ ނައީމާގެ ގެއިން ފެށިގެން ގޮސް، އެ ގެޔަށް ނިމޭ ހުސްފައިގެ ފިޔަވަޅުތަކެއް ފެނުމުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ނުދެއެވެ. މީހަކު ހައްޔަރު ނުކުރާއިރު، ތުހުމަތުވާ މީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.