ޕީޕީއެމްގެ ބާރުގަދަ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް

އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރަން ފެށީއްސުރެ، މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވީ، މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސައިން ރިޒާގެ ބޭބެ، އިބްރާހީމް ރިޒާއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު
އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް،

އިދިކޮޅު ޕީޕީއެމްގެ ސްޓްރޯންގް ހޯލްޑެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. 

މިއަދު ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަނުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. އެ ނަތީޖާއިން ދައްކާގޮތުން، ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕިއެމްގެ ހުސައިން ރިޒާ އަށްވުރެ 114ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.

ގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ

  •  ހުސައިން ރިޒާ އާދަމް، ޕީޕީއެމް -- 1226 ވޯޓު
  •  އިބްރާހީމް ޝާޒް، އެމްޑީޕީ -- 1340 ވޯޓު
  •  އަލީ އާރިފް، އެމްއެންޕީ -- 139 ވޯޓު

އެމްޑީޕީގެ ސަޕޯޓަރުން މިހާރު ދަނީ އިންތިހާބު ކާމިޔާބުވިކަން އިއުލާނުކޮށް، އުފާ ފާޅުކުރަމުންނެވެ.

މިއަދުގެ އިންތިހާބުގައި ވޯޓު ފޮށިތައް އެންމެ ފުރަތަމަ ބަންދުކުރުމަށް ހަމަޖެހިފައި އޮތީ ހަވީރު 16:00ގައެވެ. ނަމަވެސް ފަހުން ގަޑިއިރެއް އިތުރުކޮށް، އެ މުއްދަތު ވަނީ 17:00އަށް ފަސްކޮށްފައެވެ. އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށް ފަހުގައި ކަމަށް ވެސް ކަނޑައެޅިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީއާ މަޝްވަރާނުކޮށް އެ ގޮތަށް ވަގުތު އިތުރުކުރުން ކުށްވެރިކޮށްފައެވެ. އެގޮތަށް އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު، ކޮންމެހެން ކުރަންޖެހޭ ހާލަތެއް އޮތުމުން ކަމުގައި އެޕާޓީން ބުނެއެވެ.

ވޯޓު ލުމުގެ ވަގުތު ދަންމާލި މައްސަލައިގައި މާލޭގައި ހުންނަ ވޯޓުފޮށި ކައިރީ އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް، ދާއިރާގެ ރަށްތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ވޯޓުލައި ނިންމާލި އިރު މާބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރި އެމްއެންޕީ އިން ވެސް މީގެ ކުރިން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރަން ފެށީއްސުރެ، މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވީ، މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސައިން ރިޒާގެ ބޭބެ، އިބްރާހީމް ރިޒާއެވެ. އެ ދާއިރާގެ ގޮނޑި ހުސްވީ ކެންސަރު ބަލީގައި ރިޒާ އަވަހާރަވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.