އުތުރު ކޮރެއާ ހުއްޓުވަން ޖަޕާނާއި ދެކުނުން އެމެރިކާއާ މަޝްވަރާކޮށްފި

އުތުރު ކޮރެއާއިން އިއްޔެ ވެސް ވަނީ އާ ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ޓެސްޓް ކޮށްފަ އެވެ.

އިއްޔެ އުތުރު ކޮރެއާއިން ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓް ކުރަނީ

އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޓެސްޓްތަކާއި އިންޒާރުތައް ހުއްޓުވައި ރައްދު ދިނުމަށް މިސައިލް ޑިފެންސް އަދި އެންޓި ސަބްމެރިން ތަމްރީނުތައް ގަވާއިދުން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން އެމެރިކާ އާއި ޖަޕާނާއި ދެކުނު ކޮރެއާއިން މަޝްވަރާތައް ކޮށްފި އެވެ. 

މި ކަމާ ބެހޭ ގޮތުން އެމެރިކާ ހިމެނޭ ގޮތަށް ގުޅިގެން ވަނީ އެ ގައުމުތަކުން ބަޔާނެއް ވެސް ނެރެފަ އެވެ. 

ބަޔާން މެދުވެރިކޮށް މިކަން އިއުލާން ކުރީ ކޮރެއާ ޕެނިންސިއުލާ އާއި ފުޅާ ސަރަހައްދުގެ ސަލާމަތީ މާހައުލުގެ ވަޒަން ކުރުމާއެކު ތިން ގައުމުގެ ސަލާމަތީ އެއްބާރުލުން ފުޅާކޮށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުކުރު ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި 13 ވަނަ ޑިފެންސް ޓްރައިލެޓަރަލް ބައްދަލުވުމަށް ފަހު އެމެރިކާ އިސްވެ އޮވެގެނެވެ.

އެ ތިން ގައުމުގެ މަންދޫބުން އުތުރު ކޮރެއާއަށް އިލްތިމާސް ކުރީ ސަރަހައްދުގެ ހަމަޖެހުން ގެއްލޭނެ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށެވެ. އަދި އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓެއް ދެން ހަދައިފި ނަމަ ބައިނަލްއަގްވާމީ މުޖުތަމައިން ވަރުގަދަ ޖަވާބެއް ދޭނެ ކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އުތުރު ކޮރެއާއިން އިއްޔެ ވެސް ވަނީ އާ ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ޓެސްޓް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.