ގުރައިދޫ ދާއިރާގެ ވޯޓުލުން ކުރިޔަށް ދަނީ

މިއަދު ވޯޓްލާން ފެށީ ހެނދުނު 8:00 ޖެހި އިރު އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންސްގެ ވޯޓުލުން މިއަދު ހަވީރު 4:00 ޖެހުމާ ހަމަށް ކުރިޔަށް ގެންދާނެ އެވެ.

ގުރައިދޫ ދާއިރާގެ ވޯޓް ކުރިޔަށް ދާއިރު މާލެ ފޮޓަށް މީހަކު މިއަދު ވޯޓްލަނީ އަދި ކައިރިގައި އިލެކްޝަންސްގެ އޮފިޝަލަކު

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި އިލެކްޝަންސްގެ ވޯޓް ނެގުން ކުރިޔަށް އެބަދެ އެވެ.

ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުއްޓާއި ގުޅީގެ އިތުރުން ވެރިރަށް މާލޭގައި އެ ދާއިރާއަށް މެންބަރު އިންތިހާބު ކުރުމަށް މިއަދު ވޯޓްލާން ފެށީ ހެނދުނު 8:00 ޖެހި އިރު އެވެ. ގުރައިދޫ ދާއިރާގެ ވޯޓުލުން މިއަދު ހަވީރު 4:00 ޖެހުމާ ހަމަށް ކުރިޔަށް ގެންދާނެ އެވެ. 

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރަނީ އެމްޑީޕީ އާއި ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓުންނެވެ. ތިން ޕާޓީން ވެސް ކެމްޕޭންކޮށްފައި ވެއެވެ.

  •  ހުސައިން ރިޒާ - ޕީޕީއެމް (ކެންޑިޑޭޓް ނަންބަރު އެކެއް)
  •  އިބްރާހީމް ޝާޒް - އެމްޑީޕީ (ކެންޑިޑޭޓް ނަންބަރު ދޭއް)
  •  އަލީ އާރިފް - އެމްއެންޕީ (ކެންޑިޑޭޓް ނަންބަރު ތިނެއް)

މިއަދު ވޯޓް ލާއިރު ގުޅީގައި ވޯޓް ފޮށި ހުންނާނީ އެ ރަށު ސްކޫލްގަ އެވެ. މާފުށީގައި ދެ ފޮށި ހުންނާނެ އެވެ. އެ ދެ ފޮށި ވެސް ބަހައްޓާފައި ވަނީ މާފުށީ ސްކޫލްގަ އެވެ. ގުރައިދޫގައި ވެސް ދެ ފޮށި ބަހައްފައި ވެއެވެ. އެއީ ކައުންސިލް އިދާރާގަ އާއި ޔޫތު ސެންޓަރުގަ އެވެ. ދެން ފޮށި ބަހައްޓާފައި ވަނީ މާލޭގަ އެވެ. މާލޭ ފޮށި ބަހައްޓާފައި ވަނީ އިއްޒުއްދީނު ސްކޫލްގަ އެެވެ. 

ގުރައިދޫ ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބޭ އާބާދީއަކީ 3،423 މީހުނެވެ. އެ ނަމްބަރުތައް އަންނަނީ ގުރައިދޫގެ 1394 މީހުންނާއި މާފުށީގެ 1366 މީހުންނާއި ގުޅީގެ 663 މީހުނެވެ. އެއިން 451 މީހަކު ވޯޓްލާނީ މާލޭގަ އެވެ. 

ގުރައިދޫ ދާއިރާ، ބައި އިލެކްޝަނަކަށް ދިޔައީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.