ޕޫޓިން އާއި އުރުދުގާންގެ މަޝްވަރާތަކުގައި ގޮވާމާއި ގަސްކާނާގެ އިތުރުން ހުއްދަދީފައި ހުރި ބާވަތްތައް ރަޝިއާއިން ބޭރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއެވި އެވެ.
ރަޝިއާގެ ބަނދަރުތަކުން ގޮވާން ބޭރު ކުރުމުގެ ތައްޔާރީތައް، އިދާރާތަކުން ގެންދަނީ ކުރަމުންނެވެ. އދ. އާއި ތުރުކީ ހެކިކޮށް ރަޝިއާ އާއި ޔުކްރޭނު ޖުލައި 22 ގައި ހެދި އެއްބައްވުމެއް އެބައޮތެވެ. އެ އެއްބަސްވުމުގެ ދަށުން، ޔުކްރޭނުން ގޮވާން ބޭރު ކުރަން އޮންނަން ވާނީ ފެށިފަ އެވެ.
އިސްތަންބޫލްގައި ނިންމާފައި ވަނީ ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާން ބޭރު ކުރަން ފަށާށެވެ. އެގޮތަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
ދެ ބޭފުޅުުން މިދިއަ ހުކުރު ދުވަހު ރަޝިއާގެ ސޯޗީގައި ބައްދަލު ކުރެއްވި އެވެ، އެ ދުވަހު ގިނަ ވާހަކަތަކަށް ވަޑައި ނުގެން މަޝްވަރާ ކުރެއްވީ ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާން ބޭރު ކުރެވޭނެ ގޮތެއް ހޯދާށެވެ. ޕޫޓިން އާއި އުރުދުޣާން ވެސް އެ މައުލުގައި ވާހަކަފުޅު ދިގު ކުރެއްވި އެވެ.
ގޮވާން ބަރާ ކޮށްގެން ތުރުކީން ފުރި ފުތަމަ ބޯޓު، ރަޒޯނީއިން މިހާރު ވަނީ ލުބްނާންގެ ތަރާބުލުން އަށް ދަތުރު ފަށާފަ އެވެ. ރަޒޯނީ ދަތުރު ކުރަނީ ހިކި ކާގޯގެ ގޮތުގައި 26،500 ޓަނުގެ ޒުވާރި ހިފައިގެނެވެ.
ޕޫޓިން އާއި އުރުދުގާންގެ މަޝްވަރާތަކުގައި ގޮވާމާއި ގަސްކާނާގެ އިތުރުން ހުއްދަދީފައި ހުރި ބާވަތްތައް ރަޝިއާއިން ބޭރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއެވި އެވެ.