އަލި ރަސްގެފާނު ޒިޔާރާތް ބަލަހައްޓަން ފެން ކުންފުނިން ހަވާލުވެއްޖެ

މިހާރުވެސް، މާލޭގެ ހުކުރު މިސްކިތާއި، މެދު ޒިޔާރަތް ހިމެނޭހެން މާލޭގެ ގިނަ ހެރިޓޭޖް ސައިޓްތަކެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން ދެއެވެ.

ހެރިޓޭޖް މިިނިސްޓްރީއާއި، އެމްޑަބްލިއުއެސްސީއާ ދެމެދު އަލި ރަސްގެފާނު ޒިޔާރަތް ބެލެހެއްޓުމާ ބެހޭ އެމްއޯޔޫގައި ސޮއިކުރެއްވުން

އަލި ރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވައި، ބެލެހެއްޓުމާ އެމްޑަބްލިއުއެސްސީން ހަވާލު ވެއްޖެ އެވެ. 

އެކަމާ ގުޅޭ އެމްއޯޔޫއެއްގައި މިއަދު ވަނީ އެ ކުންފުންޏާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ ދެމެދު ސޮއިކޮށްފައެވެ. ފެން ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްޑަބްލިއުއެސްސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ތަރިކައާ ބެހޭ މަރުކަޒުން ސޮއި ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެތަނުގައި އާބާތުރަ ފިލުވުމާއި، ކެމެރާ ހަރުކުރުމުގެ އިތުރުން، އެތަނުން އަލި ރަސްގެފާނުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭގޮތަށް ތަރައްގީ ކުރެވޭނެ ކަމަށެވެ. 

"އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިއުއެސްސީގެ ފަރާތުން، ދެން ފަންނީ ގޮތުންނާއި ތާރީހީގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އެންސީސީއެޗުގެ ފަރާތުން އަރުވާގޮތަށް" އޭނާ ވިދާޅުވިއެވެ.

އެމްޑީ ޝާހު އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މިފަދަ ފައިދާހުރި، ތަފާތު ކަންކަން ކުރުމަކީ ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމެއް ކަމަށެވެ. 

"އަޅުގަނޑުމެން އުންމީދު ކުރަނީ މިފަދަ ކަންތައްތައް އިތުރުވެގެން ދިއުން. އަދި އިތުރުވެގެން ގޮސްގެން އަޅުގަނޑުމެންގެ ތަރިކައިގެ މިކަހަލަ ކަންކަން އަންނަން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި އެ މައުލޫމާތުތައް ލިބޭނެ ގޮތް އިންތިޒާމުވެގެން ދިއުން" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ގައުމަށްޓަކައި ގުރުބާންވި ބަތަލުންގެ ވާހަކަތައް އަންނަން އޮތް ޖީލުތައް މުހިއްމު ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ފަދަ ކަންކަމާ އިސްނަންގަވާތީ އުފާ ކުރައްވާކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑަބްލިއުއެސްސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާރުވެސް، މާލޭގެ ހުކުރު މިސްކިތާއި، މެދު ޒިޔާރަތް ހިމެނޭހެން މާލޭގެ ގިނަ ހެރިޓޭޖް ސައިޓްތަކެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.