ފާހާނާ ތެރެއިން 7 ފޫޓުގެ ކިނބުލެއް

ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އެ މަސައްކަތުގައު އުޅޭން ޖެހުނެވެ. މިހާރު އެ ކިނބޫ ވަނީ ވަލަށް ދޫކޮށްލާފަ އެވެ.

ފާހާނާގެ ތެރެއިން އެއްވެސް ބާވަތެއްގެ ދިރުމަކާ ދިމާވުމަކީ ވަރަށް ބޮޑު ބިރެކެވެ. އެހެން ހީކުރެވުމަކީ ވެސް ބިރުވެރި ހުވަފެނެކެވެ. އިމާރާތެއްގެ ފާހާނާއަކުން ހަތް ފޫޓު ދިގު ކިނބުލެއް އާގްރާގެ ރަށެއްގައި ފެނުމުން އުފެދުނު ބިރުވެރިކަން ދެން ތަސައްވުރު ކޮށްލާށެވެ. 

ފިރޯޒްޕޫރު ޑިސްޓްރިކްޓްގެ ނަގްލާ ޕާސީ އަވަށުގައި ހުކުރު ދުވަހުގެ ހެނދުނު އިމާރާތެއްގެ ފާހާނާ ތެރެއިން ހަތް ފޫޓު ދިގު މި ކިނބުލެއް ފެނުމުން އެ ރަށުގެ ރައްޔިތުން ތިބީ ސިހި ބިރުގެންފަ އެވެ. އެމީހުން ވަގުތުން އިމާރާތުގެ ވެރިފަރާތަށް އެކަން އެންގުމުން، އެކަން ހައްލު ކުރަން ފޮރެސްޓް ޑިޕާޓްމަންޓާ ގުޅިއެވެ.

ފޮރެސްޓް ޑިޕާޓްމަންޓުން ވަނީ ވައިލްޑްލައިފް އެސްއޯއެސް އާއި ގުޅައިގެން ކިނބޫ ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ހިންގައި ޓްރެޕް ކޭޖެއް ބޭނުން ކޮށްގެން ފާހާނާގެ ތެރެއިން ކިނބޫ ނެރެފަ އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އެ މަސައްކަތުގައު އުޅޭން ޖެހުނެވެ. މިހާރު އެ ކިނބޫ ވަނީ ވަލަށް ދޫކޮށްލާފަ އެވެ. މަންޒަރު ދުށް މީހުންނާ ސުވާލު ކުރުމުން އެނގުނީ ކިނބޫ ތެރެއަށް ވަދެފައިވަނީ ކައިރީގައި ހުރި ފޮއްޓެއްގެ ތެރެއިން ކަމަށެވެ.

މިއީ މި މަހުގެ ތެރޭގައި އެ ރަށުގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.