ލިވަޕޫލަށް ޕޮއިންޓެއް ޗެލްސީއާ ސްޕާސްއަށް ތިން ޕޮއިންޓް

ޕްރިމިއާ ލީގް އިއްޔެ ފެށި އިރު އިއްޔެ ހަވީރާއި ރޭ ކުޅުނު މެޗްތަކަށް ބަލާއި ވަރުގަދަ ލިވަޕޫލާއި ޗެލްސީ ފެނުނީ ވަރަށް ބޮޑަށް ކުޅުންތެރިން ވަރުބަލިކޮށެވެ. އެއާ ހިލާފަށް ނިއުކާސަލް އާއި ޓޮޓެންހަމް ފެނުނީ ރަނގަޅަށް ތައްޔާރުވެފައި އޮއްވަ އެވެ.

ޗެލްސީއާ އަލަށް ގުޅުނު ރަހީމް ސްޓާލިން: އޭނާ ވަނީ ފުރުސަތުތަކެއް ނަގާލާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ލިވަޕޫލް އިއްޔެ ހަވީރު ބައްދަލުކުރި މެޗު 2-2 އިން ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ޗެލްސީ ވަނީ އެވަންޓަންގެ ދަނޑުގައި 1-0 އިން މޮޅުވެ ތިން ޕޮއިންޓް ހޯދާފަ އެވެ. ޓޮޓެންހަމް ވަނީ ފަސޭހަ މޮޅަކާއެކު ރަނގަޅަށް ފަށާފަ އެވެ.

ސައުތަމްޓަމް ކޮޅަށް ޓޮޓެހަމްއިން 4 ލަނޑު ޖެހި އެވެ. ރޭ ނިއުކާޝަލް ވެސް ވަނީ ތިން ޕޮއިންޓާއެކު ފަށާފަ އެވެ. ނިއުކާޝަލް އާއި ނޮޓިންހަމް ފޮރެސްޓް ވާދަ ކުރި މެޗް ނިއުކާސަލް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗްތަކުގައި ޓޮޓެންހަމް އާއި ޗެލްސީގެ ކާމިޔާބު އޮތް ނަމަވެސް ފުލަމްގެ ކްރޭވަން ކޮޓޭޖްގައި އިއްޔެ ކުޅުނު މެޗުގައި ފުލަމް އިން ދެ ފަހަރު ލީޑު ނެގުމުން ލިވަޕޫލުން ބަލިނުވެ ސަލާމަތްވީފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަކޮށްގެނެވެ. ފުލަމް އަށް ލީޑު ހޯދައިދިނީ ސާބިއާގެ ފޯވަޑް މިޓްރޮވިޗެވެ. އަދި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މިޓްރޮވިޗް ވަނީ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.

ލިވަޕޫލް ސަލާމަތް ކޮށް ދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އުރުގުއޭގެ ފޯވަޑް ނޫނޭޒެވެ. މި މެޗުގައި ވެސް ބެންޗުން އަރައި އޭނާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށް އެހީ ވެދީފަ އެވެ. ލިވަޕޫލަށް އެއް ޕޮއިންޓް ޔަގީންކޮށް ދިނީ މެޗުގެ 80 ވަނަ މިނިޓުގައި މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ.

ރޭ ޗެލްސީއަށް ލަނޑު ޖައިދިނީ ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. ޓޮޓެމްހަމްގެ ލަނޑުތައް ޖަހައިދިނީ ރިއާން އާއި އެރިކް ޑަޔާ އަދި ޑޭޖަން އެވެ. އަނެއް ލަނޑަކީ ބައިކޮޅަށް ސައުތަމްޓަމް އިން ޖެހި ލަނޑެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.