އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކުރަން ވެއްދި މައްސަލަ އެއްލާލައިފި

ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ އަރުވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީގެ ރިޔާސީ ޓިކެޓް ޗެއާޕާސަން ފައްޔާޒު އަރުވަނީ

އެމްޑީޕީގެ ރިޔާސީބ ޕްރައިމަރީގެ ވޯޓް ބާތިލު ކުރަން ވެއްދި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށް އެއްލާލައިފި އެވެ.

މި މައްސަލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ބާތިލު ކޮށްދިނުމަށާއި އެ ޕްރައިމަރީ އަލުން ބާއްވައި ދިނުމަށް އެ ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދައުވާ ހުށަހެޅި ފަރާތުގެ ނެތް ކަމަށް ކަނޑައަޅަޅައި އެއީ ކުރިއަށް ގެންދެވެން ނެތް މައްސަލައެއް ކަމަށް ސިވިލް ކޯޓުން ކަނޑެޅުމަށް ފަހު އެވެ. 

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. އެބޭފުޅުން ކޯޓަށް ތިން މައްސަލައެއް ވެއްދި އެވެ. އެ ތިން މައްސަލާގައި އެއް ކަންތައްތަކެއް ފާހަގަ ކޮށްފައި ވާތީ، ކޯޓުން ބަލައިގެންފައި ވަނީ އަލީ އަމްޖަދު ކިޔާ ބޭފުޅަކު ގެންދިޔަ މައްސަލައެކެވެ. 

އަނެއް ދެ މައްސަލަ އެ މަރުހަލާގައި އޮތީ ބޭރު ކޮށްލާފަ އެވެ. 

  •  އެމްޑީޕީގެ އެތެރޭގެ ދަފްތަރުން 39،000 މެންބަރުން އުނިކުރި ކުރުން އެއީ ބާތިލު ކޮށްދޭން
  •  އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކޮށްދިނުމަށް އެދި
  •  ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވުމަށް އެދި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ އަރުވައިފަ އެވެ. އެ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ.

މި ޕްރައިމަރީން 24،000 ވޯޓް ރައީސް ސޯލިހަށް ލިބިފައިވާ ކަަމަށް ދެއްކި ނަމަވެސް އެއީ ކަށަވަރު ކުރަން ޖެހިފައިވާ އަދަދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ. އޭގެ ފަހުން އެ މަނިކުފާނު ވަނީ ޕާޓީގެ ތެރޭގައި އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) ފެކްޝަން ރަސްމީ ކުރައްވާ ވަކީން ސިޔާސީ ހަރަކާތް ހިންގާން ފައްޓަވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.