ނަމްބަރު ޕްލޭޓެއް 15 މިލިއަން ޑޮލަރަށް ގަނެފި

މެދުއިރުމަތީގައި ވެސް މިފަދަ ޕްލޭޓްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ހޮންކޮންގުގައި ނީލަމުގައި އެއް އަކުރެއްގެ "އާރް" ޕްލޭޓެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލި އެވެ.

މަހުޖަނަކު ދުބާއީގައި ޔުނިކް އޮޓޯމޯބައިލް ރަޖިސްޓްރޭޝަން ޕްލޭޓަކަށް ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ 15 މިލިއަން ޑޮލަރު ހޭދަކޮށް މީގެ ދިހަ އަހަރު ކުރީގައި އޮތް ރެކޯޑެއް މުގުރާލައިފި އެވެ. 

އެމިރޭޓްސް އޮކްޝަން އެލްއެލްސީން ބޭއްވި ޗެރިޓީ ނީލަމުގައި ވިއްކާލީ ނަމްބަރު ޕްލޭޓަކީ ޕީ 7 - ގެ ނަމްބަރު ޕްލޭޓެވެ. މި ނަމްބަރު ގަތް މަހުޖަނު ހޭދަ ކުރި ފައިސާ، ދުބާއީގެ ވެރިޔާ ޝެއިހު މުހައްމަދު ބިން ރަޝީދުގެ އެއް ބިލިއަން މީލްސް އިނިޝިއޭޓިވްގައި ކާބޯތަކެތީގެ އެހީތެރިކަމުގެ މަސައްކަތަށް ބޭނުން ކުރާނެ އެވެ.

ޔޫއޭއީން ވަނީ ބޮޑެތި މުއްސަނދިންނާއި ޖާހު ދައްކަން ބޭނުންވާ މަހުޖަނުންނަށް އަމާޒުކޮށް މިފަދަ ނަމްބަރު ޕްލޭޓްތައް ނީލަމުގައި ވިއްކުން އާދައަކަށް ހަދާފަ އެވެ. އެންމެ ފަހުން ބޭއްވި އެފަދަ ނީލަމުގައި މަހުޖަނަކު މުގުރާލީ 2008 ވަނަ އަހަރު ވިޔަފާރިވެރިޔާ ސައީދު އަބްދުލްޣައްފަރު ހޫރީ ގާއިމްކުރި ރެކޯޑެވެ. 

އަދި 2016 ވަނަ އަހަރު އަބޫ ސަބާހުގެ ނަމުން މަޝްހޫރު ވިޔަފާރިވެރިޔާ ބަލްވިންދަރު ސިންގް ސާހްނީ ވަނީ ޕްލޭޓް ޑީ 5 އަށް 33 މިލިއަން ދިރުހަމް ދީފަ އެވެ. މެދުއިރުމަތީގައި ވެސް މިފަދަ ޕްލޭޓްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ހޮންކޮންގުގައި ނީލަމުގައި އެއް އަކުރެއްގެ "އާރް" ޕްލޭޓެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލި އެވެ.

"ދުބާއީ އަކީ ރަނުގެ ސިޓީއެއް. އެއީ ބޮޑެތި މީހުންގެ ސަހަރެއް، ރައްކާތެރިކަން ލިބޭ ތަނެއް. ރީތި މީހުންގެ ސިޓީއެއް! އެހެންވީމަ އެންމެންވެސް ބޭނުންވަނީ އެމީހުންގެ ސްޓޭޓަސް ދައްކާލަން" ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ލިޔުމުގައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.