މަނަދޫން އާ ވާހަކައެއް | ނައީމާގެ ޖިންސީ ގުނަވަން ޒަހަމްކޮށްލި

ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ ހަތަރު ދުވަސް ވީއިރު، ޕޯސްޓްމޯޓަމް ނުހަދަން ނިންމި ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ފުލުހުން މި މައްސަލައިގައި ބުނެފައެއް ނެތެވެ.

ނައީމާ އޮތް ގެ ކައިރި ފުލުހުން ބަންދު ކޮށްފައި: އޭނާގެ ޖިންސީ ގުނަވަނަށް ވެސް ހަމަލާ ދީފައިވާކަމަށް ވާހަކަދެކެވޭ

ދެ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއަކާއި ހެޔޮވަރު ނަމްބަރަކުން ބިދޭސީން ވެސް އުޅޭ ނ. މަނަދޫގައި މިދިޔަ ހުކުރު ދުވަހު މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، އަށް ވަޅީން ދީފައިވާ ހަމަލާތަކުގައި އޭނާގެ ޖިންސީ ގުނަވަން ވެސް ޒަހަމް ކޮށްލާފައިވާ ކަމަށް ވާހަކަ / އަޑުތައް ބުނާން ފަށައިފި އެވެ. 

އަނެއްކޮޅުން ނައީމާގެ މަރާ ގުޅޭ ޕްރައިމް ސަސްޕެކްޓެއް ކަމަށް ބެލެވިފައިވާ އެއް ބިދޭސީއަކު ރަށުން ފުރައިގެން ގޮސް ފޯނު ނިއްވާލާފައިވާ ކަމަށް ވެސް ވާހަކެ ފެތުރިފައި އެބައޮތެވެ.  އޭނާ ބޭރުވީ ކޮން ރަށަކަށް ކަމެއް ސާފެއް ނުވެ އެވެ. 

ނައީމާގެ ގަތުލަށް ފަހު މަނަދޫ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންގެ ހިދުމަތަށް އިންފޯމްވެފައި ނޫން ގޮތަކަށް އެ ރަށަށް އަރައި ފޭބުންް މަނަލެވެ. 

މި ގަތުލުގެ މައިގަނޑު ތުހުމަތު އޮތީ ބަންގާޅު މީހަކަށް ކަމަށް ބުނެވެއެވެ. އަދު އޭނާ މަނަދޫން ބޭރުވެފައި ވަނީ ހުކުރު ދުވަހު އިރު ހުއްޓާ ކަމަށް ވެސް ވެއެވެ. ބަންދު ކޮށްފައިވާ މަނަދޫން ބޭރުވާ ވާހަކަތަކަށް ބަލާއިރު، އެރަށު މީހުން ނައީމާގެ މަރުގެ ތުހުމަތު ގެންދަނީ ވެސް އެރަށުގައި ދިރިއުޅޭ ބިދޭސީންނާ ދިމާއަށެވެ. އެހެން ބެލެވިފައިވާއިރު އެ ރަށުގައި ތަހުގީގެއް ފުޅާ ކޮށްފައިވާ ފުލުހުންގެ ޓީމްތަކުން ވަނީ އެ ރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއް ވެސް ބަލައު ފާސް ކޮށްފަ އެވެ. މީގެ އިތުރުން، ނައީމާ ދިރިއުޅޭ ގެއިން ފެށިގެން ހުރި ފިޔަވަޅުތަކެއް ގޮސް ނިމޭ ފަޅުގެއެއް ވެސް ބަލައި ފާސް ކޮށްފައިވާއިރު އެ ފަޅުގެ ހިމެނޭ ސަރަހައްދުގައި ވެސް ބިދޭސީން ގިނަ އެވެ.

"މި" ނޫހަށް މިރޭ މަނަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ ބުރަކައްޓަށް ވެސް ވަޅިން ގިނަ ހަމަލާތަކެއް ދީފައި ވެއެވެ. ނަމަވެސް، އޭނާ ފެނުނު އިރު އޭނާ ލައިގެން އޮތް ހެދުމުން އެ ހަމަލާތަކުގެ އަސަރު ފާޅުވެ ފާހަގަ ކުރެވިފައި ނުވާ ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ. 

"މިހެން މި މައުލޫމާތުތައް ހުރުމުން މި ރަށުގައި މީހުން ބުނަނީ ބޮޑަށް ބެލެވެނީ ރޭޕް ކުރުމަށް ފަހު، ދީފައި އޮތް ހަމަލާއެއް ކަމަށް އެއީ!" އެ ރަށުން މައުލޫމާތު ހޯދައި "މި" ނޫހާ ހިއްސާ ކުރާ އެކަކު ބުންޏެވެ. 

އަދި ބައެއް މީހުން ބުނާ ގޮތުން ނައީމާއަށް ދީފައިވާ އެ ހަމަލާތަކަކީ އެކި ފަހަރުމަތިން އެ ގެއަށް ވަދެ، ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.  

ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ ހަތަރު ދުވަސް ވީއިރު، ޕޯސްޓްމޯޓަމް ނުހަދަން ނިންމި ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ފުލުހުން މި މައްސަލައިގައި ބުނެފައެއް ނެތެވެ. އަދި މީހަކު ވެސް ހައްޔަރު ކޮށްފައި ނުވާއިރު، ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާތު ވެސް ހާމަ ކޮށްފައެއް ނުވެ އެވެ. 

މިދިޔަ ހުކުރު ދުވަހު، ނައީމާ ދިރިއުޅޭ ގެއިން އޭނާ ފެނިފައި ވަނީ ގިނަ ޒަހަމްތަކަކާއެކު މަރާލާފައި އޮއްވަ އެވެ. އޭނާ އޮތް ކޮޓަރީގައި ގިނަ އަދަދަކަށް ލޭ ހުރި އިރު އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.