ސަރުކާރަކާއެކު މެންބަރު ހުރުމުން ދާއިރާގެ ތަރައްގީ ފަސޭހަވޭ: ރައީސް

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާތްގަނޑަކަށް 55 ޕަސެންޓް ވޯޓް ގުރައިދޫ ދާއިރާގެ ރައްޔިތުން ރައީސް ސޯލިހަށް ދިނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅިއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަނީ -- ރައީސް އޮފީސް

މާލެ އަތޮޅު ގުރައިދޫ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން އޮތް ގޮތް މިދިއަ ރިޔާސީ އިންތިހާބުގެ ވޯޓްގައި ވަރަށް ސާފުކޮށް ފެންނާން އޮތް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ގުރައިދޫ ދާއިރާ އޮތީ ސަރުކާރާ އެކީގައިކަން ހާމަވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައު ގާތްގަނޑަކަށް 55 ޕަސެންޓް ވޯޓު އެ ދާއިރާގެ ރައްޔިތުން ރައީސް ސޯލިހަށް ދީފައި ވެއެވެ. 

ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުއްޓެވެ. އެ ދާއިރާގެ ކެމްޕޭނުގައި މިއަދު ގުޅިއަށް ވަޑައިގެން ރައީސް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި ވޯޓް ލާއިރު ވެސް އެ ވިސްނުމާ އެއްގޮތަށް ވޯޓު ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށާއި ގުރައިދޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހިމް ޝާޒަކީ ދާއިރާގެ ތަރައްގީއަށްޓަކާ ސަރުކަރާއެކު މަސައްކަތް ކޮށްދެއް ވާނެ ބޭފުޅެއް ކަމަށެވެ. 

  • 1.ހުސައިން ރިޒާ - ޕީޕީއެމް (ކެންޑިޑޭޓް ނަންބަރު އެކެއް)
  • 2.އިބްރާހީމް ޝާޒް - އެމްޑީޕީ (ކެންޑިޑޭޓް ނަންބަރު ދޭއް)
  • 3.އަލީ އާރިފް - އެމްއެންޕީ (ކެންޑިޑޭޓް ނަންބަރު ތިނެއް)

އޭނާއަށް ވޯޓު ދޭން ވެސް ރައީސް ވަނީ އެދިވަޑައިގަތުމާއެކު ރައީސް ވިދާޅުވީ "އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫން" ކަމަށާއި "ދާއިރާގެ ތަރައްގީއަށް ޝާޒް މަސައްކަތްކޮށް ދެއްވާނެ" ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގާނޫނުތައް ހެދުމާއި އެހެން މަސައްކަތްތައް ކުރާއިރު ދާއިރާގެ ވިސްނުމާ އެއްގޮތަށް ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އިސް ކޮށް އުޅުއްވާނީ މެންބަރު ކަމަށާއި އޭރަކު އޮންނަ ސަރުކާރަކާ އެއްކޮށް މަސައްކަތްކުރުމުގެ ވިސްނުން ދާއިރާގެ މެމްބަރު ގެންގުޅުއްވާނަމަ އެ ދާއިރާއަކަށް ތަރައްގީ ގެނައުމުގައި ފަސޭހަތަކެއް ވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ ގުރައިދޫ ދާއިރާގެ ގުޅިއަކީ ސަރުކާރާއެކީގައި އޮތް ރައްޔިތެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.