ކައިވެނި ހަފުލާގައި ބަޑި ޖެހުމަށްފަހު އަންހެނެމީހާ ފިލައިފި

އިންޑިއާގެ ގާނޫނުގައިވާ ގޮތުން އުފާ ފާޅު ކުރުމުގައި ބަޑި ޖަހައި ވާ އިހުމާލުން މީހުނަށް ގެއްލުން ވާނަމަ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް ކުރެވިދާނެ އެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ކައިވެނި ހަފުލާއެއްގެ ތެރޭގައި އަންހެން މީހާ ބަޑި ޖެހުމަށްފަހު ފިލުމުން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ އަންހެން މީހާ ބަޑި ޖަހާފައި ވަނީ އޭނާގެ ފިރިމީހާގެ ކައިރީގައި އިށީނދެގެން އިނދެ އެވެ. އޭނާ ބަޑި ނަގައި ވައިގެ ތެރެއަށް ހަތަރު ވަޒަން ބުރުވާލާފައި ވެއެވެ.

އެ އަންހެން މީހާގެ މައްސަލައިގައި ޕޮލިހުން ބުނީ އޭނާގެ މައްސަލަ ފުލުހުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ބަޑި އެ ހާދިސާގެ ތެރެއިން އެ އަންހެން މީހާ ފިލައިގެން ގޮސްފައިވާތީ ހޯދަމުން ގެންދާ ކަމަށެވެ.

ކައިވެނި ޕާޓީތަކުގައި އުފާ ފާޅުކުރުމުގެ ގޮތުން ބަޑި ޖެހުމަކީ އިންޑިއާގެ އުތުރުގެ ބައެއް ސްޓޭޓްތަކުގައި އާންމު ކަމެކެވެ. އަދި އެފަދަ ހާދިސާތަކުގައި މީހުނަށް އަނިޔާވުމާއި މަރުވުން ވެސް މެދުވެރިވެ އެވެ.

އިންޑިއާގެ ގާނޫނުގައިވާ ގޮތުން އުފާ ފާޅު ކުރުމުގައި ބަޑި ޖަހައި ވާ އިހުމާލުން މީހުނަށް ގެއްލުން ވާނަމަ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް ކުރެވިދާނެ އެވެ. އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޯގެ ކޯޓަކުން 2016 ވަނަ އަހަރު އަމުރު ކޮށްފައިވާ ގޮތުގައި ފުލުހަށް ޝަކުވާއެއް ހުށަ ނޭޅި ނަމަވެސް އުފާފާޅުކުރުމުގެ ގޮތުން ބަޑިޖަަހައިގެން ދިމާވާ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.  

"ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނި ގޮތުގައި ބަޑި ޖެހި އަންހެން މީހާގެ ވީޑިއޯއެއް ރެކޯޑް ކޮށްފައި ވަނީ އޭނާގެ ގާތްތިމާގެ މީހެކެވެ. އެ އަންހެން މީހާ ފިލައި އުޅެނީ ހައްޔަރު ކުރާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.