ނައީމާގެ ގެއިން ފަޅު ގެއަކަށް ނިމޭ ހުސްފައިގެ ފިޔަވަޅުތަކެއް!

ނައީމާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާފަ އެވެ. ފަހަކަށް އައިސް މިފަދަ ހުރިހާ މަރެއްގައި ޕޯސްޓްމޯޓަމް ހަދަމުން އައި ފުލުހުން ބުނެފައިވާ ގޮތުގައި ނައީމާގެ މަރާ ގުޅިގެން ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމެއް ނެތެވެ.

ނައީމާ އޮތް ގެ ކައިރި ފުލުހުން ބަންދު ކޮށްފައި: އެ ގޭގެ ވަލުދޮރުން ފެށިގެން ފަޅުގެއަކާ ހަމައަށް ފިޔަވަޅުތަކެއް ހުރި
  •  މަނަދޫން ބިދޭސީއަކަށް ތުހުމަތު ކުރޭ

ނ. މަނަދޫގައި މިދިޔަ ހުކުރު ދުވަހު އެ ރަށު ނައީމާ މޫސާ، 62، މަރާލާފައި ވެއެވެ. އެނާ މަރާ ވައްޓާލާފައި އޮތީ އޭނާ ދިރިއުޅެމުން އައީ އެ ރަށު އަންނާރުމާގޭގެ ބައެއްގެ ތަޅުގަނޑުމައްޗަށެވެ. ނައީމާގެ މަރާ ގުޅިގެން މަނަދޫ ބަންދުކޮށް ފުޅާ ތަހުގީގެއް އެ ރަށުގައި ފަށައި ކުރިޔަށް ގެންްދާއިރު ފުލުހުން އިއްޔެ ވަނީ ފަޅު ގެއަކަށް ވަދެ އެ ގެ ބަލާ ފާސް ކޮށްފަ އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ފަޅު ގެއަށް ވަނީ އަންނާރުމާގެ އާއި އެ ފަޅުގެއާ ދެމެދު މީހަކު ހިނގާފައި ހުރި ފިޔަވަޅުތަކެއް ތަހުގީގަށް ފާހަ ކުރެވިގެނެވެ. އަދި ފިޔަވަޅުތައް ދިމާވާ މީހާ ހޯދަމުގެ މަސައްކަތުގެ ތެރެއިންނެވެ. 

މަނަދޫން "މި" ނޫހަށް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފުލުހުން އެ ގެ ބަލައި ފާސް ކުރަން ނިންމީ ވެސް  ނައީމާ މަރާލާފައި އޮތް ގެއާ ހަމައިން ފެށޭ ފިޔަވަޅުތައް ގޮސް ފަޅުގެއާ ހިސާބަށް ނިމޭކަން ފާހަގަ ކުރެވިގެނެވެ. އެ ފިޔަވަޅުތައް ފެށިފައި ވަނީ ނައީމާ އެކަނި ދިރިއުޅެމުން އައި އަންނާރުމާގޭގެ ވަލު ދޮރާއްޓާ ހަމައިންނެވެ. އެ ފިޔަވަޅުތަކަކީ ހުސް ފަޔާ މީހަކު ހިނގާފައި ހުރި ފިޔަވަޅު ތަކެކެވެ.

ނައީމާގެ ހަބަރެއް ނުވެގެން ރަށުގެ ބަޔަކާއެކު، ފުލުހަކު އެންމެ ފުރަތަމަ އެ ގެޔަށް ވަން އިރު ވެސް، ނައީމާގެ ކޮޓަރީގެ ދޮރާއި، ގޭގެ މައި ދޮރު ހުރި ތަޅުލާފަ އެވެ. ނަމަވެސް، ވަލުދޮރާށި ހުރީ ހުޅުވާފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި ނައީމާގެ ގާތިލު އެ ގެއިން ނުކުތީ ވެސް އެ ދޮރުންނެވެ.

ބަލައި ފާސް ކުރި ފަޅުގޭގެ ވެރިޔާއާ ހަވާލާދީ އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެ ގެއިން އެއްވެސް އެއްވެސް އެއްޗެއް މަދުވެފައެއް ނުވެ އެވެ. 

ނައީމާގެ މަރަށް މިހާރު ތިން ދުވަހެވެ؛ މަނަދޫ މީހުން ބުނާ ގޮތުގައި މި މަރާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށު މީހަކަށް އެ ކަމުގައި ޝައްކު ކުރަން ވަރަށް ދައްޗެވެ. އަދި މިހާތަނަށް ތުހުމަތަށް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ.

މަރާ ގުޅިގެން މަނަދޫގެ ގިނަ މީހުން އެންމެ ބޮޑަށް ތުހުމަތު ކުރަނީ އެ ރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން މީހަކަށެވެ. ވާހަކަ އޮތް ގޮތަކީ އެ ރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން މީހަކު ޖިންސީ އަނިޔާ ދީފައި ނުވަތަ ވައްކަން ކޮށް ލޫޓުވުމުގެ ބޭނުމުގައި އެ ގެއަށް ވަދެ ނައީމާ މަރާލީ ކަމަށެވެ. ފުލުހުން ބަލައި ފާސް ކުރި ފަޅުގެ ހިމެނޭ ސަރަހައްދަކީ ބިދޭސީން އުޅޭ ވެސް ސަރަހައްދެކެވެ. 

މިދިޔަ ހުކުރު ދުވަހު، ނައީމާ ދިރިއުޅޭ ގެއިން އޭނާ ފެނިފައި ވަނީ ގިނަ ޒަހަމްތަކަކާއެކު މަރާލާފައި އޮއްވައެވެ. އޭނާ އޮތް ކޮޓަރީގައި ގިނަ އަދަދަކަށް ލޭ ހުރި އިރު އޭނާގެ ގަޔަށް ވަޅި ހަރާފައިވާ ކަމަށް ބުނެ އެވެ. 

ނައީމާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާފަ އެވެ. ފަހަކަށް އައިސް މިފަދަ ހުރިހާ މަރެއްގައި ޕޯސްޓްމޯޓަމް ހަދަމުން އައި ފުލުހުން ބުނެފައިވާ ގޮތުގައި ނައީމާގެ މަރާ ގުޅިގެން ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.