މަނަދޫގައި ސެކިއުރިޓީ ކެމެރާ ހަރު ކުރަން އިއުލާނު ޖަހައިފި

ބިމުގެ ބޮޑުމިނުގައި 116.92 ހެކްޓަރު އޮންނަ އަދި އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ތިބި މަނަދޫގެ ސަރަޙައްދުތަކުގައި ކެމެރާ ހަރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.

މަނަދޫ: މުޅި ރަށުގައި ސެކިއުރިޓީ ކެމެރާ ހަރު ކުރަން ވަނީ ހުޅުވާލާފައި

މީހަކު މާރާލައިގެން ރަށް ބަންދުކޮށް ފުޅާ ތަހުގީގެއް ފަށާފައިވާ ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރު ކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށުން އިއުލާނު ޖަހައިފި އެވެ.

މަނަދޫގައި ސީސީސޓީވީ ކެމެރާތައް އަޅައި ދޭން އެ ރަށު ކައުންސިލުން އިއުލާނެއް ޖެހީ އިއްޔެ އެވެ. އެ އިއުލާން ކުރި އިރު ދިމާވެފައި ވަނީ އެރަށު އަންނާރުމާގެ ނައީމާ މޫސާ، 62 މަރާލާފައި އޮތްވާ ފެނުނު ހާދިސާގެ ތަހުގީގުގެ ދަނޑަޅިވަޅާ އެވެ. 

ބިމުގެ ބޮޑުމިނުގައި 116.92 ހެކްޓަރު އޮންނަ އަދި އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ތިބި މަނަދޫގެ އެކިި ސަރަޙައްދުތަކުގައި ކެމެރާ ހަރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.

ރަޖިސްޓްރީވުން 17 އޭޕްރީލްގަ އެވެ. އަދި 18 އިގައި މައުލޫމާތު ސާފު ކުރުމެވެ، ބިޑު ކުރުން 27 އޭޕްރީލްގަ އެވެ. 

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިއަ ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު އެވެ. އެ ހަބަރު ލިބިމުން ގޭގެ ދޮރެއް ހަލާކު ކޮށްލައިގެން ފުލުހުނ ވަންއިރު ނައީމާ އޮތީ ބިންމަތީގައި މަރުވެފަ އެވެ. އޭނާގެ މަރާމަދު ޝައްކު އުފެދުނީ އޭނާގެ ހަށިގަނޑު ޒަހަމްތަކެއް ފެނިގެނެވެ. އެ މަރާ ގުޅޭ ތަހުގީގު ކުރިޔަށް ގެންދާއިރު އަދި ތުހުމަތަށް މީހަކު ހައްޔަރު ކޮފައެއް ނުވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.