ނައީމާގެ މަރާ ގުޅިގެން ފަޅުގެއެއް ބަލައި ފާސްކޮށްފި

ނައީމާގެ މަރާ ގުޅިގެން ތަހުގީގެއް އެރަށުގައި ފަށައި ފުޅާ ކުރުމުގެ އިތުރުން އާންމުންގެ އެހީތެރި ކަމަށް އެދިފައިވާއިރު މިހާތަނަށް އެއްވެސް މީހަކު ތުހުމަތަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

މަނަދޫ

ނ. މަނަދޫގައި މަރާލި ކަމަށް ތުހުމަތު ވެފައިވާ އަންހެން މީހާ، ނައީމާ މޫސާ، 62، ގެ މަރުގެ ތަހުގީގުގެ ތެރެއިން އެ ރަށުގެ ފަޅު ގެއަކަށް ފުލުހުން ވަދެ އެ ގެ ބަލައި ފާސް ކޮށްފި އެވެ. 

ފުލުހުން ވަދެ ގެއެއް ފާސް ކުރީ މިއަދު މެންްދުރު އެވެ. އެގޭތެރެއިން ފުލުހުން ހޯދީ ކޯނޗެއް ކަން ސާފެއް ނުވެއެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މިދިއަ ހުކުރު ދުވަހުގެ ރޭ މަރުވެފައި އޮއްވާ ފެނުނީ އޭނާ ހަބަރެއް ނުވެގެން ބެލި އިރު އެވެ. އޭނާގެ ކޮޓަރީގެ ތަޅުގަނޑުމަތީ އޮއްވަ އެވެ. ނައީމާ މަރާާލައިފައިވާ ކަމަށް ތުހުމަތުވީ އޭނާގެ ހަށިގަނޑު ޒަހަމްތަކެއް ފެނިގެނެވެ. އޭނާގެ ހަށިގަނޑަށް ވަޅި ހަރާފައިވާ ކަމަށް ވެސް ވެއެވެ. އަދި ބައެއް ގުނަވަންތައް ބުރި ކުރަން މަސައްްކަތްކޮށްފައިވާ ކަމަށް ވެސް ވެއެވެ. 

ނައީމާގެ މަރާ ގުޅިގެން ތަހުގީގެއް އެރަށުގައި ފަށައި ފުޅާ ކުރުމުގެ އިތުރުން އާންމުންގެ އެހީތެރި ކަމަށް އެދިފައިވާއިރު މިހާތަނަށް އެއްވެސް މީހަކު ތުހުމަތަށް ހައްޔަރު ކޮށްފައެއް ނުވެއެވެ. 

ނައީމާގެ މަރާއި ގުޅިގެން އަރާ ފޭބުން މަނާ ކޮށްފައިވާ މަނަދޫގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް ހަރަކާތްތެރިވާއިރު އެ އަންހެން މީހާގެ ހަށިގަނޑު އިއްޔެ ހަވީރު ވަޅުލާ ފައެވެ.    \

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.