ޕްލެޓިޕަސް އެއް ރަހީނު ކުރި ދެ މީހަކު ހައްޔަރުކޮށްފި

އެ ދެމީހުން ގެންގުޅެފައި ވަނީ ކުޑަ ބުޅަލެއްގެ ސައިޒުގެ ޕްލެޓިޕަސް އެކެވެ. އެ ދެމީހުން ބުނާ ގޮތުން އެއީ ކޯރަކުން ލިބުނު އެއްޗެކެވެ.

ހައްޔަރު ކުރި ދެ މީހުންގެ އަތުން ފެނުނު ޕްލެޓިޕަސް

ޕްލެޓިޕަސް އަކީ ބިސް އަޅައި އަދ އިންތިހާއަށް މަދުން ނޫނީ ދުނިޔެއިން ނުފެންނަ ވައްތަރެއްގެ މެމަލް އެކެވެ. ޕްލެޓިޕަސް އަކީ ވިހަ އެކުލެވޭ އެއްޗެކެވެ. 

އޮސްޓްރޭލިއާގެ 26 އަހަރުގެ ފިރިހެނަކު ކަނޑުއޮޅިއަކުން ޕްލެޓިޕަސްއެއް "ރަހީނުކޮށް" ރޭލެއްގައި ގެންދިޔަ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. އޭނާއާއެކު އެހެން މީހަކު ވެސް ހައްޔަރު ކުރި އެވެ. 

ނިއުޔޯކް ޓައިމްސް އިން ބުނެފިވާ ގޮތުގައި ވައިލްޑް ޕްލެޓިޕަސް ރަހީނުކޮށް ތުވާއްޔަކާއެކު އޮޅާލައިގެން ރޭލަކަށް އަރާ ފިރިހެނަކާއި އަންހެނަކު ފެންނަ ސީސީޓީވީ ފޫޓޭޖެއް ލިބުމާއެކު ކުއީންސްލޭންޑް ޕޮލިހުން ވަނީ ފިޔަވަޅު އަޅައި އެ މީހުން ހައްޔަރުކޮށްފަ އެވެ.

އެ ދެމީހުން ގެންގުޅެފައި ވަނީ ކުޑަ ބުޅަލެއްގެ ސައިޒުގެ ޕްލެޓިޕަސް އެކެވެ. 

"އެމީހުން ރޭލުގައި ތިބި އެހެން މީހުނަށް ވެސް އެކަން ދައްކަމުން ދިޔައީ، އެހެން މީހުންނަށް ފިރުމާލުމުގެ ފުރުސަތު ދެމުން ދިޔަ،" ކުއީންސްލޭންޑް ޕޮލިސްގެ ސްކޮޓް ނޯލްސް ނިއުޔޯކް ޓައިމްސް އަށް ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.