އޮންލައިންކޮށް ޝަރީއަތް ހިންގާތީ ބްލިންކެން ރާއްޖެއަށް ތައުރީފުކޮށްފި

ޓެކްނޮލޮޖީގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލައްވައި ބްލިންކެން ވަނީ އެހެން ބައެއް ގައުމުތަކުގެ ނަން ހިމަނުއްވައިގެން ވެސް މިސާލު ޖައްސާވާފަ އެވެ.

ބައިޑަންގެ ޑިމޮކްރަސީ ސަމިޓްގައި ގައި ބްލިންކެން ވާހަކަފުޅު ދައްކަވަނީ

ދިވެހި ރާއްޖޭގައި އޮންލައިންކޮށް ޝަރީއަތްތައް ހިންގާތީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ރާއްޖެއަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް ޖޯ ބައިޑަންގެ ޑިމޮކްރަސީ ސަމިޓްގައި ގައި "އެޑްވާންސިން ޓެކްނޮލޮޖީ ފޯ ޑިމޮކްރަސީ" ގެ  މައްޗަށް ވާހަކަފުޅު ދައްކަވަމުން ބްލިންކެން ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރަން ދިވެހިރާއްޖޭން ފާހަގަ ކުރެވޭ ވަރަށް މަސައްކަތް ކޮށްްފި ކަމަށެވެ.

ވިދާޅުވީ ދިވެހި ރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް މިހާރު ޝަރީއަތް ހިންގޭ އިންތިޒާމްތައް ހޯދައި އެގޮތަށް ޝަރީއަތްތައް ކުރާ ކަމަށާއި އޭގެ ސަބަބުން ޝަރުއީ ދާއިރާ ހަރުދަނާވެ ފަނޑިޔާރުންގެ ވަގުތު ސަލާމަތް ކުރެވި ހަރަދު ވެސް ކުޑަކުރެވިފައިވާ ކަމަށެވެ.   

ޑިމޮކްރަސީ ކުރިއަރުވައި ކަށަވަރު ކުރުމާއެކު ހިމާޔަތް ކުރުމަށް ޓެކްނޮލޮޖީގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލައްވައި ބްލިންކެން ވަނީ އެހެން ބައެއް ގައުމުތަކުގެ ނަން ހިމަނުއްވައިގެން ވެސް މިސާލު ޖައްސާވާފަ އެވެ. 

ބްލިންކެން ވިދާޅުވީ އިންޓަނެޓްގެ ބޭނުން ގިނައިން ކުރަނީ ދޮގު މައުލޫމާތު ފެތުރުމާއި ބައިބައި ކުރުވަން ކަމަށެވެ. އެހެންވެ ރައްކާތެރި އިންޓަނެޓްގެ ހިދުމަތް ކުރިއަރުވަން ގަވާއިދުތަކާއި އުސޫލުތައް ގާއިމްކުރަން ޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.