ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި

ޗެލްސީ ޕޮޓާ ވަކި ކުރުމަށް ފަހު ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮޕާ ވިވެލް މިހާރު މަސައްކަތް ކުރަމުން ދަނީ މިވަގުތު ހުހަށް ހުރި ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ހޯދާށެވެ.

ގްރެހަމް ޕޮޓާ: ޗެލްސީގެ ކޯޗު ކަމުން ވަކި ކުރީ ހަތް މަސް ދުވަސް ފަހުން

އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައަށް ސޮއްސާލައި އަމާޒު ގެއްލިފައިވާ އޮތް ދުނިޔޭގެ ފުޓްބޯޅައިގެ އެއް ގަދަ ބާރު ޗެލްސީގެ ކޯޗު ކަމުން ގްރަހަމް ޕޮޓާ ވަކި ކޮށްފި އެވެ.  

ރޭ ޕޮޓާ ވަކިކުރީ ޖަރުމަނުގެ ތޯމަސް ޓުހޫލް ވަކިކޮށް ޕޮޓާއަށް ކޯޗުކަން ދިންތާ ހަތް މަސް ފަހުންނެވެ.

ޗެލްސީން ވަނީ ޕޮޓާ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އަލަށް ޓީމާ ހަވާލުވާ ކޯޗަށް ފަސޭހަ ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމުގައި ޕޮޓާ މަސައްކަތް ކޮށްދޭން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ޗެލްސީގެ ބޯޑުން ވަގުތީ ގޮތުން ޓީމު ހަވާލު ކޮށްފައި ވަނީ ޕޮޓާގެ އެސިސްޓެންޓަކަށް ހުރި ބްރޫނޯ ސަލްޓޯ އާ އެވެ.

ޗެލްސީ ޕޮޓާ ވަކި ކުރުމަށް ފަހު ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮޕާ ވިވެލް މިހާރު މަސައްކަތް ކުރަމުން ދަނީ މިވަގުތު ހުހަށް ހުރި ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ހޯދާށެވެ.

ޗެލްސީގެ އާ ވެރިން ކްލަބާ ހަވާލުވެ މިހާތަނަށް 550 މިލިއަން ޕައުންޑް ހަރަދު ކޮށްފައިވާއިރު އެ ކުޅުންތެރިންގެ ފަރާތުން ނަތީޖާ ނުފެނުނެވެ. އެޓީމުން ކުޅުނު 31 މެޗުގެ ތެރެއިން 11 މެޗުން ވަނީ ބަލިވެފައެވެ. އެންމެ ފަހު ލީގުގައި އެސްޓޮން ވިލާ އަތުން ވެސް ވީ  ބައްޔެވެ. 

ޗެލްސީން ކުރިއަށް އޮތް މެޗުގައި ވާދަ ކުރާނީ ލިވަޕޫލަ އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.