މާދަމާ ޓްރަމްޕް ކޯޓަށް ހާޒިރު ކުރާނެ

ރައީސް ޓްރަމްޕަކީ އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވެ ވަޑައިގަންނަވާ އަދި ރިޕަބްލިކަންގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ޔަގީން ކުރެއްވޭ ބޭފުޅާ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް: ދައުވާތައް ކުރި ނަމަވެސް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާއާ ގުޅިގެން މާދަމާ ރައީސް ޓްރަމްޕް ކޯޓަށް ހާޒިރު ކުރާނެ އެވެ. 

ނިއު ޔޯކްގެ މެންހެޓަން ޑިސްޓްރިކްޓް އެޓާގެ އޮފީހުން ޓްރަމްޕުގެ މައްޗަށް ދައުވާ އުފުލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. މިއީ އެމެރިކާގައި ކުރީގެ ރައީސަކާ ދެކޮޅަށް ޖިނާއީ ކުށެއްގެ ދައުވާ އެއް ކުރި ފުރަތަމަ ފަހަރެވެ. މި މައްސަލައިގެ ތަހުގީގު ފެށީ ޓްރަމްގެ ވެރި ކަމުގެ ތެރޭގަ އެވެ. 

ރައީސް ޓްރަމްޕަކީ އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވެ ވަޑައިގަންނަވާ އަދި ރިޕަބްލިކަންގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ޔަގީން ކުރެއްވޭ ބޭފުޅާ އެވެ. އެހެން އޮއްވާ ޓްރަމްޕާ ދެކޮޅަށް އެފަދަ ޖިނާއީ ދައުވާ އުފުލުމާއެކު އެމެރިކާގައި ވަނީ ހަލަބޮލިކަން އުފެދިފަ އެވެ.   

ޓްރަމްޕް ރިޝްވަތު ދެއްވާފައިވާ ކަމަށް ބުނަނީ ސްޓޯމީ ޑެނިއެލްސް ކިޔާ އޮރިޔާންކާޑު އުފައްދާ އަންހެނެކެވެ. އޭނާއަށް ރިޝްވަތުގެ ދެއްވީ ޓްރަމްޕާއި އޭނާއާމެދު ކުރިން ހިނގާފައިވާ ލޯބީގެ ގުޅުމުގެ މައުލޫމާތު ސިއްރު ކުރާށެވެ. ނަމަވެސް ތުހުމަތަށް ވެސް އަދި  ސްޓޯމީ ޑެނިއެލްސް އާއެކު އޮތް ކަމަށް ބުނާ ލޯބީގެ ގުޅުމަށް ވެސް ރައީސް ޓްރަމްޕް އިންކާރު ކުރައްވަ އެވެ. 

ސްޓޯމީ ޑެނިއެލްސް: ރައީސް ޓްރަމްޕް ރިޝްވަތު ދެއްވި ކަމަށް ބުނާ އަންހެން މީހާ

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ދައުވާތަކަކީ ޑިމޮކްރެޓިކް ޕާޓީން ރާވައިގެން ހިންގާ އަމަލެކެވެ. ގިނަ ދައުވާތަކެއް އުފުލާފާފާނެ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ބަލިވެގެން ދާނީ ރައީސް ޖޯ ބައިޑަން އާއި ޑިމޮކްރެޓިކުންނެވެ.

"އަހުރެމެންގެ ކެމްޕޭނާއި ރިޕަބްލިކަން ޕާޓީ އޮތީ ސާބިތުކޮށް... ކޯޓުގައި އެ މީހުން ރަނގަޅަށް ބަލި ކުރާނަން. އެއަށްފަހު ބައިޑަން ވެސް ބަލި ކުރާނަން... ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ އެންމެން ނެރެ އެއްލައިލާނަން،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.