ކުލި ދައްކާނަމަ އުމްރާ ދަތުރު، މާ ރަނގަޅު ޕްރޮމޯޝަނެއް

މީ އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނެކެވެ. ކޮންމެ ތިން މަހުން އެއް މަހު ނަސީބުވެރިން ހޮވައި ދެ ފަރާތަކަށް އުމްރާ ދަތުރެއް ދޭން އާބަންކޯއިން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ޝޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ބަރާބަރަށް ދައްކާ މީހުން ވަރަ މަދު ކަމަށް ވެއެވެ. އަދި ކުލި ނުދެއްކުމާއި ކުލި ލަސް ކުރުމާއި އިންޒާރުތަކަށް އަޅައި ނުލުން ބޮޑެވެ. އެ ކަމާ ގުޅިގެން އަޅާ މާ ބޮޑު ފިޔަވަޅެއް ވެސް ނޯވެ އެވެ. 

އެޗްޑީސީގެ ނަން އާބަންކޯއަށް ރީބްރޭންޑް ކުރުމަށް ފަހު އެ ކުންފުނިން މިހާރު ވަނީ އާ އެހެން ކަމެއް ތައާރަފު ކޮށްފަ އެވެ. ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ބަރާބަރަށް ދައްކާނަމަ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަން ހިންގާ ފެށުމެވެ. 

އާބަންކޯއިން ބުނި ގޮތުގައި ޝޯޝަލް ހައުސިން މަޝްރޫއުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހަ މަސް ދުވަހު ބަރާބަރަށް ކުލި ދައްކާފައިވާ ފަރާތްތަކަށް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. 

އެއީ އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނެކެވެ. ކޮންމެ ތިން މަހުން އެއް މަހު ނަސީބުވެރިން ހޮވައި ދެ ފަރާތަކަށް އުމްރާ ދަތުރެއް ދޭން އާބަންކޯއިން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.