ރަށު ސުކޫލުތަކުގައި މޫނުބުރުގާ އަޅާ ޓީޗަރުންގެ މައުލޫމާތު އެޑިއުކޭޝަނުން ހޯދަނީ

އެޑިއުކޭޝަނުން ވަނީ ރަށު ސުކޫލުތަކުގެ ވެރީންނަށް ފޯނުން ގުޅާފަ އެވެ. އަދި ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ޓީޗަރުންގެ ހިމެނޭނަމަ އެކަން އަންގަން އެދުނެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުން މައުލޫމާތު އެއްކުރުމުގެ މަސައްކަތެއް އެޑިއުކޭޝަނުން ކުރޭ

އަތޮޅުތަކުގެ ރަށްރަށުގެ ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ޓީޗަރުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ވަނީ ރަށު ސުކޫލުތަކުގެ ވެރީންނަށް ފޯނުން ގުޅައި އެ ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ޓީޗަރުންގެ ހިމެނޭނަމަ އެކަން އަންގަން އެދިފަ އެވެ. އެ ޓީޗަރުންގެ މައުލޫމާތާއި މޫނު ބުރުގާ އަޅައިގެން އުޅޭތާ ވީ ދުވަހާއި ކިޔަވައި ދެނީ މޫނު އަޅައިގެން ތިބެތޯ އަންގަން ވެސް އެދިފައި ވެއެވެ.

އެފަދަ އެންގުމެއް އަންގާފައި މިވަނީ މޫނުބުރުގާ އަޅައިގެން ކުލާސްތަކަށް ވަނުން އަރަބިއްޔާގެ ޓީޗަރުންނަށް މަނާ ކޮށްފައި ވަނިކޮށެވެ. އެކަން ބައެއް ޓީޗަރުންނާއި އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ އިސް ބައެއް ބޭފުޅުން ވަނީ ޔަގީން ކޮށްދީފަ އެވެ.

އެ ބޭފުޅުން ވިދާޅުވީ އަރަބިއްޔާގެ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ޓީޗަރުންނަށް މޫނު އަޅައިގެން ކްލާސްތަކުގައި ކިޔަވައި ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެ އެންގުމާއި ހިލާފުވާ ޓީޗަރުން ފާހަގަކޮށް އެޑިއުކޭޝަނަށް އެންގުމަށް އަންގާފައި ވެއެވެ. އަރަބިއްޔާގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ފަސް ޓީޗަރަކު މޫނު ބުރުގާ އަޅައެވެ

އެކަމާ ފާޑުކިޔުން ބޮޑުވުމުން އެެފަދަ ކަމެއް އަދި ނުކުރާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަހުން ބައެއް މީޑިއާއަށް މައުލޫމާތު ދީފަ އެވެ.

އަރަބިއްޔާއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށް އެ ސުކޫލު މިހާރު ހިންގެވުމާއި ހަވާލުވެ ތިބި ވެރީން ވަނީ އެ ސުކޫލުގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަމާމެދު އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ. އެޑިއުކޭޝަނުން އެންގީ މޫނު ބުރުގާ އަޅައިގެން ސުކޫލަށް ހާޒިރު ނުވެވޭނެ ކަމަށެވެ.

އެ އެންގުމާއި ގުޅިގެން ސުކޫލުން މިހާރު ވަނީ މޫނު ބުރުގާ އަޅާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރީންނަށް އެއީ މަނާ ކަމެއް ކަން އަންގާފަ އެވެ.

އަރަބިއްޔާގެ ބެލެނިވެރީން ބުނީ މޫނު ބުރުގާ މަނާކޮށް މޫނު ބުރުގާ އަޅާ ކުދީންގެ ކިޔެވުމަށް ހުރަސް އަޅާތީ އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މެނޭޖްމަންޓް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަަމަށެވެ.

އަރަބިއްޔާގައި ކިޔަވާ ދަރިވަރުން ސުކޫލަށް ދާއިރު ބުރުގާ އަޅަން ޖެހެއެވެ. އެ ސުކޫލްގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ ވެސް އަޅައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.