ހަންކެޑެ އައްޑޫ ޓޫރިޒަމްގެ އުންމީދީ މަޝްރޫއު ؛ ޗައިނާގެ ސީއެމްއީސީއަށް

އައްޑޫ ޓޫރިޒަމްގެ މަޝްރޫއު ހަވާލުކުރީ ހުޅުމާލެ ފްލެޓުގެ މަޝްރޫއުތަކެއްވެސް ހިންގާފައިވާ ޗައިނާގެ ސީއެމްއީސީ ކުންފުންޏެވެ.

ފަންޑު މެނޭޖުމަންޓް ކުންފުންޏާ ޗައިނާގެ ސީއެމްއީސީ ކުންފުނިން އެއްބަސްވުމުގައި ސޮއި ކުރަނީ -- ފަންޑު މެނޭޖުމަންޓް

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) ކުންފުންޏަށް ހަވާލުކޮށްފި އެވެ. 

އައްޑޫ ޓޫރިޒަމްގެ އުންމީދީ ޕްރޮޖެކްޓުގެ ގޮތުގައި ސަރުކާރުން ފަށާ ބިޔަ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ފްލެޓު އަޅަން ރާއްޖެ ފޭބި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏެވެ. 

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މި މަޝްރޫއު ހިންގާ ސަރުކާރު ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އެވެ. މި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު އެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވެސް ބައިވެރިވަޑައިގަތެވެ. 

ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްއެފްއެމްސީ އަށް މައި ކޮންޓްރެކްޓަރެއްގެ ގޮތުގައި މި މަޝްރޫއު ހަވާލުކުރީ އިންޖިއަރިން އާއި ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން ކޮންޓްރެކްޓް (އީޕީސީ) ކޮންޓްރެކްޓެއްގެ ގޮތުގަ އެވެ. މިއީ ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގައި މަޝްރޫއު ފުރިހަމަ ކުރާ އެއްބަސްވުންމެކެވެ. 

މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު -- ފަންޑު މެނޭޖުމަންޓް

މި މަޝްރޫއު ހަވާލުކުރި އަގެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް  "މި" ނޫހަށް އެނގިފައިވާ ގޮތުގައި ހަންކެޑެގައި 1041 އެނދުގެ ޓޫރިޒަމް މަޝްރޫއު ހިންގަން އެ ކުންފުނިން 175 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެ އެވެ. 

ޗައިނާ ސީއެމްއީސީ ކޮން ބައެއް ؟ - ޗައިނާ ސީއެމްއީސީ ކުންފުންޏަކީ އެ ގައުމުގެ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. މި ކުންފުނި އުފެދިފައިވަނީ 1978 ވަނަ އަހަރު އެވެ. މި ކުންފުނިން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ކާމިޔާބު ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު ތުރުކީ އާއި އާޖެންޓީނާ ފަދަ ގައުމުތަކުގައި ވެސް އެތައް މި ކުންފުނިން އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާފައިވެ އެވެ.

ހަންނެޑެ ތަރައްގީ ކުރާ މަޝްރޫއު އިންތިޒާމުކޮށް ރާވާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގަ އެވެ. މީގެ މާނައަކީ އެ ކުންފުނިން އެ އަންނަނީ ފައިސާ ހިފައިގެނެވެ. އެ ފައިސާ އިން ހަދައި އެ ތަންތަން ފަންޑު މެނޭޖުމަންޓާ ހަވާލު ކުރުމުން ހިންގަން ފެށުމާއެކު ފައިސާ ދައްކަން ފަށާނެ އެވެ. މި މަޝްރޫއު ހިންގާތީ ކްރޮސް ސަބްސިޑީ އުސޫލުން އެ ކުންފުންޏަށް ރިސޯޓު ހަދަން ރަށެއް / ފަޅެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ގެސްޓްހައުސް ބައި ތަރައްގީ ކުރާ ފައިނޭންޝަލް މޮޑެލަކީ ވެސް އެއީ އެވެ. މި މަޝްރޫއު އިންތިޒާމުކޮށްފައި އޮތީ އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެންނެވެ. މި ގެސްޓްހައުސްތައް ތަރައްގީ ކުރުމަށްފަހު ޗައިނާ ކުންފުނިން ފައިސާ ދައްކާނީ އެސްއެމްއީ ބޭންކް އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.