"އަމްޖަދު އެމްޑީޕީން ވަކިކުރީ ދައުވާކުރި ފަހުން"

ކުރިން އެޕާޓީގެ ދަފްތަރުގައި އަލީ އަމްޖަދުގެ ނަން ހިމެނިފައި ވަނީ "އިދާރީ އޮޅުކަމުން" ކަން އީސީގެ ސިޓީގައި ފާހަގަކޮށްފައިވާތީ އެ ކޮމިޝަންގެ މައްޗަށް އިތް އިތުބާރާ މެދު ވެސް ދިޔާނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓް ފޮއްޓެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ޕްރައިމަރީ ބާއްވަން އަމުުރު ކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ އެ ޕާޓީގެ ދަފްތަރުގައި ނެތް މީހެއް ކަމަށް އެ ޕާޓީން ބުނާތީ، އޭނާ ވަކިކުރީ ކޯޓަށް މައްސަލަ ހުށަހެޅިފަހުން ކަމަށް އޭނާގެ ވަކީލުން މިއަދު ސިވިލް ކޯޓުގައި ބުނެފި އެވެ.

އަލީ އަމްޖަދު އެމްޑީޕީއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިހުތިސޯސާމެދު ސުވާލު އުފައްދައިފަ އެވެ. އެމްޑީޕީގެ މައިގަނޑު ބަހުސަކީ މައްސަލަ ހުށަހެޅި ފަރާތަކީ މިހާރު އެމްޑީޕީގެ ދަފްތަރުގައި އޮތް މީހެއް ނޫން ކަމެވެ. އެހެންވެ، މައްސަލަ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު އޭނާގެ ނެތް ކަމަށް ބުނެފައިވެ އެވެ. އެމްޑީޕީގެ ފަރާތުން ވަނީ އެކަމުގެ ހެކި ދެއްކުމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީއެއް ވެސް ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑީޕީ އިން ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދެއްވަމުން އަލީ އަމްޖަދުގެ ފަރާތުން ވަކާލާތުކުރައްވާ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ އެކަމަނާގެ ކްލައިންޓް އެމްޑީޕީގެ ދަފްތަރުގައި ނެތް ކަމަށް ބުނެ އީސީ އިން ސިޓީއެއް ފޮނުވާފައި ވަނީ މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހުން ކަމަށެވެ.

ކުރިން އެޕާޓީގެ ދަފްތަރުގައި އަލީ އަމްޖަދުގެ ނަން ހިމެނިފައި ވަނީ "އިދާރީ އޮޅުކަމުން" ކަން އީސީގެ ސިޓީގައި ފާހަގަކޮށްފައިވާތީ އެ ކޮމިޝަންގެ މައްޗަށް އިތް އިތުބާރާ މެދު ވެސް ދިޔާނާ ސުވާލު އުފެއްދެވި އެވެ.

ދިޔާނާ އިތުރަށް ވިދާޅުވެފައި ވަނީ މޭ 14، 2022 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަން އޮތް ކަމަށެވެ. އެހެންކަމުން އަލީ އަމްޖަދުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ކޯޓުގެ އިހުތިސޯސްއާމެދު އުފައްދާފައިވާ ސުވާލަށް ގޮތެއް ނިންމާނެ އެވެ. މި މައްސަލައިގެ ތެރެއިން މައްސަލައިގައި އެމްޑީޕީގެ ޕްރައިމަރީ އިން ލިބުނު ނަތީޖާ ތަންފީޒުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވީ ނަމަވެސް، އެންމެ ފުރަތަމަ ގޮތެއް ނިންމަން ޖެހޭނީ ކޯޓުގެ އިހުތިސޯސާ ގުޅޭ މައްސަލައަށެވެ.

މައުލޫއީ މައްސަލައިގައި އޮތީ، ޕާޓީން 39،000 މެމްބަރުން ވަކިކޮށްފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވާތީ، އެ މެމްބަރުންގެ ވޯޓު ދިނުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެއީ ސައްހަ ނޫން އިންތިހާބެއް ކަމަށް ކަނޑައަޅައިދީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.