ހުޅުމާލޭގައި އެޗްޑީސީން ހުޅުވީ މާޒީ ހަނދާންވާ ޕާކެއް

އެޗްޑީސީގެ ސީއެސްއާރުން ހެދި ޕާކުގައި ކުޑަކުދިން ކުޅެން ހާއްސަ މިނީ ފުޓްސަލް ދަނޑެއް ވެސް އޮވެ އެވެ.

އެޗްޑީސީން ރޭ ހުޅުވި ޕާކުގައި ހިމެނޭ ބައެއް: މިއީ ކޮންސެޕްޓް ބަދަލުކޮށްފައިވާ ފުރިހަމަ ޕާކެއް

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ހޯދައި ދޭން އެޗްޑީސީން އަބަދުވެސް ދަނީ ކަންކަން ފަށައި ޑިވެލޮޕް ކުރަމުންނެވެ. އެ ސިލްސިލާގައި ރޭ ހުޅުމާލެ ހޮސްޕިޓަލް ފަހަތުން އޮންނަ ސަރަހައްދުގައި ވަނީ ޕާކެއް ހަދައި ހުޅުވާލައި ދީފަ އެވެ. -- މިއީ މާޒީގެ ތެރެއަށް މީހާ ގެންގޮސްދޭ ޕާކެކެވެ. 

ކޮންސެޕްޓް ތަފާތުކޮށްފައިވާ އެ ޕާކުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ދިރިއުޅުމުގެ މާޒީ ތަޖުރިބާ ކޮށްލެވޭ ގޮތަށް ހަދާފައި ވުމެވެ. ހޮޅުއައްޓާއި ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި މާޒީގެ ހަނދާންތައް އާވެ ތަޖުރިބާ ކުރެވޭ ގިނަ ކަންކަން އެޗްޑީސީގެ ސީއެސްއާރު ޓީމުން މި ޕާކަށް ވައްދާފައި ވެ އެވެ. 
  
އެޗްޑީސީން ހުޅުމާލޭގައި މި އާ ޕާކް ހުޅުވީ އެކަމަށް ހާއްސަ ރަސްމިއްޔާތަކާއެކު ޕާކް ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް ދިން ތަރާވީހަކާ ވެސް އެކު އެވެ. ރޭ ހުޅުވައި ދެއްވާފައި ވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.  

އެޗްޑީސީގެ މި ޕާކުގައި ކުޑަކުދިން ކުޅެން ހާއްސަ މިނީ ފުޓްސަލް ދަނޑެއް ވެސް އޮވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.