ރާއްޖެ ކާއްޓަަށް ޖެހޭ މައްސަލަ އިކޮނޮމިކް ކައުންސިލަށް

ކާއްޓަކީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި ބޭނުންކުރާ އެއްޗެކެވެ. އެހެންވެ މިކަމުގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑު ބުރައެއް އުފުލުމުގެ ފުރުސަތު އޮތް ކަމަށް ކައުންސިލްގެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ލާމު އަތޮޅުގައި ހުރި ރުއްތަކެއް: ރުއްތައް މުސްކުޅިވެ ނެތިދާ މައްސަލަ ވަނީ ބޮޑުވެފަ -- ސީކްރެޓްޕެރަޑައިސް

ދިވެހި ރުކުގެ މަތިވަރު މުސްކުޅިވެ ރުއްތައް ނެތިގޮސް ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެ ކާއްޓަށް ޖެހުމުގެ ބިރު އޮތުމުން އެ މައްސަލައިގެ ކަންބޮޑުވުން އިކޮނޮމިކް ކައުންސިލާ ހަމައަށް ފޯރައިފި އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހު އޮތް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އިންޑަސްޓްރީތައް ތަމްސީލްކުރާ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކާށީގެ އަގު 400 ޕަސެންޓް އުފުލިފައިވާ މައްސަލާގައި ވަނީ މަޝްވަރާކޮށްފަ އެވެ. 

މި ބައްދަލުވުމުގައި ކާށީގެ އަގު މަތިވެގެންދާ މައްސަލާގައި މަޝްވަރާކޮށްފައިވެ އެވެ. މިގޮތުން ސަރުކާރުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މިނިސްޓަރާ ގުޅިގެން ރާއްޖޭގެ މަތިވަރު މުސްކުޅި ވެފައިވާ ރުއްތަކުގެ ބަދަލުގައި އާ ރުއް އިންދަން ފަށަން މަޝްވަރާކޮށްފައިވެ އެވެ. ރުއްތައް އެއްކޮށް ނެތިގޮސްފިނަމަ އިގްތިސޯދީ ގޮތުން ބޮޑު ބުރައެއް އުފުލަން ރާއްޖެއަށް ޖެހިދާނެކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ. 

ކާށީގެ އަގު މި ރޯދަމަހާ ދިމާކޮށް އިންތިހާ އަށް އުފުލިގެން ދިޔަ އެވެ. މީގެ ސަބަބެއް ކަމަށް ވަނީ ރުއްތަކަށް ބައްޔެއް ޖެހި ރުއްތައް މަރުވަމުން ދިއުމެވެ. ރުއްތަކަށް ޖެހިފައިވަނީ ހުދުކޫޑި ބަލީގެ ވައްތަރެއް ކަމަށްވާ އެލިއުރީޓްރެޗެލަސް އެޓްރަޓަސް އެވެ. 
ކާއްޓަކީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައިހެން ބޭނުން ކުރާ އެއްޗެކެވެ. މިކަމުގެ ސަބަބުން ކާއްޓެއްގެ އަގު 30ރ. ވަރަށް އުފުލުނެވެ. އެހެންވެ ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯ އިން ވަނީ ކާށީގެ ސްޓޮކެއް ބޭރުން އިމްޕޯޓްކޮށްފަ އެވެ. 

ހުދު ކޫޑި ޖެހުމުންވާނެ ގޮތް - އެލިއުރީޓްރެޗެލަސް އެޓްރަޓަސް ކޫޑިއަކީ ފަތްތަކުގެ ދިޔަ ބޮއެގެން ގަހަށް ހަމަލާދޭ އެއްޗެކެވެ. މި ސޫފީގެ ޒަރިއްޔާ އިން އެއް ގަހުން އަނެއްގަހަށް އެކިބަލިތައް ފެތުރުމުގެ ފުރުސަތުބޮޑެވެ. މިބާވަތުގެ ހުދު ކޫޑީގެ އަސަރު ފަންތަކުގެ ދަށްފުށުން ބޮޑަށް ފެންނައިރު ފަންތަކުގެ ދިޔަ ބުއިމަށްފަހު ފަންތަކުގެ މަތީފުށަށް އަދި އެހެނިހެން ގަސްގަހުގެ ފަތްތަކަށް ދޫކޮށްލާ ހަކުރުއެކުލެވޭ މާއްދާއެއް ކަމަށްވާ "ހަނީ ޑިއު" ދޫކުރެ އެވެ. އަދި އޭގެ މަތީގައި "ސޫޓީ މޯލްޑް" ކިޔާ ކަޅުކުލައިގެ މި ފަންގަސް ޖެހުމުން ފަތްތަކުގެމަތީ ފަށަލަ ކަޅުކުލަ އަށް ބަދަލުވެ، އަދި މި ކަޅުކުލައަކީ ފަންގަސްގެ "މައިސީލިއަމް" އެވެ. މި ފަންގަސްގެ ސަބަބުން އަވީގެ ހަކަތަ ބޭނުންކޮށްގެން ގަސްތައް ހެދިބޮޑުވުމަށް ކުރާ މަސައްކަތަށް ބުރޫ އަރަ އެވެ. ނަތީޖާއެއްގެގޮތުން ގަސްތަކުގެ ހެދިބޮޑުވުން ޖުމްލަގޮތެއްގައި ހުއްޓި މަތިވަރު ދައްވެގެންދެ އެވެ. ފެންނަ ފެނުމަށް ސިފަ ވެގެންދަނީ ގަސްތަކަށް ކަޅު ކުލައިގެ ސްޕްރޭ ކޮށްފައި ހުންނަހެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.