ކެރެޓުގެ އަގު މާމަތީގައި، މިހާރު ހުރީ 90ރ. ގައި

މީގެ ކުރިން، 2021 ވަނަ އަހަރުގެ ކުރީކޮޅު ވެސް، މާލޭގެ ބާޒާރުގައި ކެރެޓު ލިބުން ވަރަށް ބޮޑަށް ދަތިވި އެވެ. އޭރު ކެރެޓު ކިލޯއެއްގެ އަގު 150ރ. އަށް ވެސް އެރިއެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ކެރެޓު ވިއްކަން ބަހައްޓާފައި: މިއަދު ކެރެޓު ކިލޯއެއްގެ އަގު އެވްރެޖުކޮށް އުޅެނީ 90ރ. ގައި

ކެއުމުގައި އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ތެރެއިން މި ރޯދަމަސް ފެށުނު އިރު އެންމެ ތަދު ކަމަށް ފާހަގަ ކުރެވުނީ ކެރެޓެވެ. ރޯދަ ފެށި އިރު ކެރެޓް ކިލޯއެއް ބާޒާރުގައި ހުރީ 65ރ. އަށެވެ.

ރޯދަމަހުން ތިން ދުވަސް ގޮސް މިހާތަނަށް އާއިރު، ބާޒާރުގައި ކެރެޓް ލިބެން ހުރި ގޮޅިތަކުގެ އަދަދު އިހަށްވުރެ އިތުރު ކަމަށް ފާހަގަ ކުރެވެ އެވެ. ނަމަވެސް ގިނަ ގޮޅިތަކުގައި ކެރެޓު ލިބެން ހުރީ ވަރަށް މަދުންނެވެ. އަދި އޭގެ އަގު މިހާރު ވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފަ އެވެ.

އިއްޔެ ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު ހުރީ 80ރ. އާއި 120ރ. އާ ދެމެދުގަ އެވެ. އެވްރެޖުކޮށް 90ރ. އަށެވެ. މައިގަނޑު ދެ ބާވަތެއްގެ ކެރެޓް ހުރި އިރު، އޭގެ ތެރެއިން ގިނައިން ލިބެން ހުރި ވައްތަރުގެ ކޮލިޓީ ދެރަކަން ބާޒާރު ކުރަން ދިޔަ މީހުން ފާހަގަ ކުރެއެވެ.

މުލަ ރޯދަ ދުވަހު ބާޒާރުގައި ކެރެޓު ވިއްކަން ބަހައްޓާފައި: މިފަހަރު އެންމެ ތަދުކޮށް އުޅޭ ކަމަށް ވިޔަފާރިވެރިން ބުނާ އެކައްޗަކީ ކެރެޓު

އާ ޝިޕްމަންޓް އަންނާނީ މިއަދު

ބާޒާރުގައި ތިބި ވިޔަފާރިވެރިން ބުނާ ގޮތުގައި ކެރެޓުގެ އަގު މަތި ކުރަން ޖެހިފައި ވަނީ ހޯލްސޭލަރުންގެ އަތުން ވެސް ކެރެޓް ނުލިބޭތީ އެވެ. ލިބޭ ފަހަރަކު ވެސް ލިބެނީ ވަރަށް މަދުން ކަމަށްވާތީ އެވެ. 

ރާއްޖެއަށް ކެރެޓު އިމްޕޯޓުކޮށް، ހޯލްސޭލްކުރާ ފިހާރައަކުން ބުނި ގޮތުގައި، މި ވަގުތަށް ގަނޑުކޮށް ވިއްކުން މަޑުޖައްސާލާފައި ވީ ނަމަވެސް މިއަދުގެ އާ ޝިޕްމަންޓެއް ލިބޭނެ އެވެ. މިއަދުގެ ވަގުތެއްގައި އަލުން ހޯލްސޭލް ކުރަން ފަށާނެ އެވެ. 

ކެރެޓް އިމްޕޯޓު ކުރާ ބައެއް ކުންފުނިތަކުގެ ރީޓެއިލް އައުޓްލެޓުތަކުން މިހާރު ވެސް 65ރ. އާއި 70ރ. އާ ދެމެދުގައި ކެރެޓު ކިލޯއެއް ލިބެން އެބަހުއްޓެވެ.

މީހަކު މާލޭގެ ދަތުރުވެރިންގެ މާރުކޭޓްގައި ވިޔަފާރިކޮށް ދެނީ: ކެރެޓްގެ އަގު ތިރިވާނީ މިއަދު ނޫނީ މާދަމާ -- މި
ހަނދާން އާ ކޮށްލުމެއް - މީގެ ކުރިން، 2021 ވަނަ އަހަރުގެ ކުރީކޮޅު ވެސް، މާލޭގެ ބާޒާރުގައި ކެރެޓު ލިބުން ވަރަށް ބޮޑަށް ދަތިވި އެވެ. އޭރު ކެރެޓު ކިލޯއެއްގެ އަގު 150ރ. އަށް ވެސް އެރިއެވެ. އެ ފަހަރު ކެރެޓު އަގު ބޮޑުވީ ރާއްޖެއަށް އައި ޝިޕްމަންޓެއް ސްރީލަންކާ ބަނދަރުގައި ތާށިވެގެނެވެ. މިފަހަރު ކެރެޓުގެ އަގު މަތިވުމުގައި ވެސް ސަޕްލައި ޗޭނުގެ ތާށިތަކެއް އުޅޭ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.