އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް، ދުރުހެލިވޭ: ހުތުބާ

"ހަމައެކަނި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް މިހާރުވެސް ދެ ޓަނަށް ވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވެއެވެ. ރޯދަ މަހު މިއަށްވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ،"

އުކާލާފައިވާ ތަކެތި

އިސްރާފު ކުރުމަކީ ޝައިތާނުގެ އަމަލެެއް ކަމަށާ އެކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"އިސްރާފު ކުުުރުމަކީ ނިއުމަތްތަކަށް ކުފުުރުވުމެވެ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްރާފު ކުުރުމަކީ މިއަދު އިންސާނުންނާއި ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިކަމަޑު ކަމުގެ ތެރޭގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.

ހެޔޮގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ގުދަން ކޮށްފައި ބެހެއްޓުމަކީވެސް އިސްރާފު ކުރުމެއް ކަމަށާ އިސްރާފު ކުރާ މީހުން ދެކެ މާތްﷲ ލޯބިވެވޮޑިގެން ނުވާ ކަމަށެވެ. އަދި ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށް ވުރެ ގިނަ ކުރުމަކީވެސް އިސްރާފު ކުރުމެއް ކަމަށެވެ. މީގެ އިތުރުން ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުން ކުރުމަކީ އިސްލާމްދީން ބާރު އަޅާ ކަމެއް ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެ ތަކެއްޗަކީ މާތްﷲގެ ނިއުމަތްތަކެއް ކަމަށާ އެ ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުން ކަމަށެވެ.

"ހަމައެކަނި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް މިހާރުވެސް ދެ ޓަނަށް ވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވެއެވެ. ރޯދަ މަހު މިއަށްވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ،"

ހުތުބާގެ މުހިންމު ބައިތައް

  •  އިސްރާފު ކުރުމަކީ ޝައިތާނުގެ އަމަލެެއް
  •  ބޭނުން ނުހިފައި ހައްގު އަދާނުކޮށް ގުދަން ކޮށްފައި ބެހެއްޓުމަކީވެސް އިސްރާފެއް
  •  ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ބޭނުންނުވާ ވަރަށް ހޯދުމަކީ އިސްރާފެއް
  •  ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލުން
  •  އެ ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުން
  •  މުދާ ހަލާކުވަންދެން ބެހެއްޓުމަކީ އިސްރާފު ކުރުމަށްވުރެ ނުބައިކަމެއް
  •  އާދަމްގެ ދަރިޔާ ބަނޑަށް ވުރެ ނުބައިކަން ބޮޑު ކަންވާރެއް ނުފުރާ

މީގެ އިތުރުން މުދާ ހަލާކުވަންދެން ބަހައްޓައި އެ ތަކެތި އުކާލުމަކީ އިސްރާފު ކުރުމަށް ވުރެވެސް ނުބައި ކަމެއް ކަމަށް ހުތުބާގައިވެއެވެ.

އިސްރާފު ކުރުމަކީ ޝައިތާނުގެ އަމަލެެއް ކަން ފާހަގަ ކުރައްވާ ކެއިންބުއިމުން އިސްރާފު ނުކުރުމަށްވެސް ހުތުބާގައި ގޮވާލާފައިވެއެވެ. އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖްތަމައުއަށް ފޯރާނެ ކަމެއް ކަމަށާ އެހެން ކަމުން އުންމަތުގެ ނަބިއްޔާގެ އިރުޝާދަށް ތަބަވެ އިސްރާފު ނުވާ ގޮތަށް ކެއުމާއި ބުއިމުގެ ކަންކަން ހަމަޖައްސަން ޖެހޭ ކަމަށެވެ.

"އާދަމްގެ ދަރިޔާ އޭނާހެ ބަނޑަށް ވުރެ ނުބައިކަން ބޮޑު ކަންވާރެއް ނުފުރައެވެ. އޭނާގެ ބުރިކަށި ކޮޅަށް ބެހެއްޓުމަށްޓަކައި މަދު ސުވާކޮޅެއް ފުދެއެވެ. ފަހެ އޭނާގެ ނަފްސް އޭނާގެ މައްޗަށް ގަދަވެގެންދި ނަމަ ކާއެއްޗެއްސަށް ތިންބައިކުޅަ އެއްބައި ބޯ އެއްޗެއްސަށް ތިންބައިކުޅަ އެއްބައި އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައި ބަހައްޓާށެވެ،" ކެއިން ބުއިން ގެންގުޅޭނެ ގޮތާމެދު ނަބިއްޔާ ދެއްވެވި އިރުޝާދު ބަޔާންކޮށްދެއްވާ ހުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.