އިހްޔާ ފޯރަމް މިރޭ ފަށަނީ، މާލޭގައި ނުވައެއް އަތޮޅުތަކުގައި އަށެއް

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ޖުމްލަ 17 އިހްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމެވެ،

އިހްޔާ ފޯރަމެއް: މި އަހަރުވެސް 17 ޕްރަގްރާމް އޮންނާނެ

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ޖުމްލަ 17 އިހްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމެވެ،

މާލޭގައި އިހްޔާ ޕްރޮގްރާމްތައް އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 9:30 ގައެވެ.

މިރޭގެ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ތަގްރީރު ކުރައް ވާނީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ އާއި އައްޝައިހް ހަސަން ލަތީފް މޫސާ އެވެ. އިސްލާމީ މަރުކަޒުގެ ހޯލްގައި އޮންނަ މި ޕްރޮގްރާމްގެ މައުލޫ އަކީ "ހެޔޮ ބަދަލަކަށް ރަމަޟާން" މި މައުލޫ އެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިހްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލް ހޯލްގައެވެ. "ލޮބުވެތި ނަބިއްޔާގެ ހަޔާތްޕުޅުން" މި މައުލޫއަށް ތަގްރީރު ކުރައްވާނީ މުހައްމަދު އަނީލް އަދި ޑރ. އަލީ ޒާހިރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.