ބާޒާރު މަތިން: ކެރެޓު ލިބުން ދަތި، ލުނބޯގެ އަގު މަތި

މި ރޯދަމަސް ފެށުނުއިރު، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ބާޒާރުގައި ތިޔާއްގެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކަން ބަހައްޓާފައި، ރޯދައާ ދިމާކޮށް މިފަދަ ހުރިހާ ބާވަތެއްގެ ޑިމާންޑު މަތިވޭ
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ބާމިޔާ ތޮޅި ކިރަނީ، އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް މިއަދު ބާޒާރުގައި ތިޔާގި
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ލުނބޯ ވިއްކަން ބަހައްޓާފައި، އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަމުން ދިޔަ ނަމަވެސް، ބާޒާރުގައި އަދިވެސް ލުނބޯގެ އަގު މަތި. އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ އަށް. މާރުކޭޓު ގޮޅިތަކުގައި 70ރ އިން ފެށިގެން، 150ރ އަށް ވެސް ލުނބޯ އެބަ ވިއްކާ
ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް އެންމެ ޑިމާންޑު ބޮޑުވާ އެއްބާވަތަކީ ގިތެޔޮ މިރުސް. މިއަހަރު މިރުސް ކިލޯއެއް 280ރ. ގެ އަގުގައި ހުރީ ހިފެހެއްޓިފައި
މި އަހަރު ވެސް ބާޒާރުގައި އެންމެ ގިނައީ ތ. ކަނޑޫދޫގައި ހައްދާ މިރުސް. ނަމަވެސް، ލ. އަތޮޅުގެ މިރުސް ވެސް ފުދޭވަރަކަށް ލިބެން އެބަހުރި
ފަނިގިރުމަށް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކަރާގެ އަގު އުޅެނީ 25ރ އާއި 30ރ އާ ދެމެދުގައި. މަޝްހޫރު ތޮއްޑޫ ކަރާގެ ޝިޕްމަންޓު މިއަދު ވަނީ އައިސްފައި. މީގެ އިތުރުން، ލ. އަތޮޅާއި، ގއ. ގދ. އަތޮޅު އަދި އިންޑިއާއިން އެތެރެކުރި ކަރާ ވެސް ބާޒާރުގައި އެބަ ވިއްކާ
ބާޒާރުގައި މިފަހަރު އެންމެ ތަދުކޮށް އުޅޭ ކަމަށް ވިޔަފާރިވެރިން ބުނާ އެކައްޗަކީ ކެރެޓު. އެމީހުން ބުނާ ގޮތުގައި ހޯލްސޭލަރުންގެ އަތުން ކެރެޓު ލިބުން މިހާރު ދަތި. ކެރެޓު ކިލޯއެއް މިހާރު ހުރީ 65ރ އަށް
ރޯދަމަސް ފެށުމަށް އައި އިރު ކަންބޮޑުވުމަކަށްވި، ކާށީގެ އަގު އަދިވެސް ތިރިއެއް ނުވޭ. ކާށީގެ އަގު އުޅެނީ 10ރ އާއި 20ރ އާ ދެމެދު. އެސްޓީއޯއިން ބުނީ މިމަހުގެ 27ގައި އިންޑިއާއިން ކާށި ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާނެކަމަށް
ފަތްޕިލާވެލީގެ ތެރެއިން ދިވެހިންގެތެރޭގައި އެންމެ މަގުބޫލު ލެޓިއުސް ކިލޯއެއް 100ރ އަށް ލިބޭ. ކޮޕީ ފަތް ކިލޯއެއް ލިބެނީ 10ރ އަށް.
މަސްމާރުކޭޓުގައި ކަންނެލި ތިޔާގި ނަމަވެސް ކަޅުބިލަމަސް ނިސްބަތުން މަދު. ކަންނެލި ކިލޯއެއް 35ރ އަށް ލިބޭ. ކަޅުބިލަމަސް ކިލޯއެއް އުޅެނީ 45 ރުފިޔާއަށް
ބާޒާރުގައި ފަރުމަސް ވެސް ތިޔާގި، އެވްރެޖުކޮށް ފަރުމަސް ކިލޯއެއް އުޅެނީ 80ރ އާއި 100ރ އާ ދެމެދުގައި

މި ރޯދަމަސް ފެށުނުއިރު، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ބާޒާރުގައި ތިޔާއްގެވެ. ނަމަވެސް، ވިޔަފާރިވެރިން ބުނަނީ ކެރެޓް ލިބުމުގައި ދަތިކަމެއް އެބައުޅޭ ކަމަށެވެ. އެސްޓީއޯއިން އަގު ކޮންޓްރޯލް ކޮށްގެން ވިއްކި ނަމަވެސް، ލުނބޯގެ އަގު އާންމު ބާޒާރުގައި އަދިވެސް ބޮޑެވެ. މަސް މާރުކޭޓަށް ބަލައިލާއިރު، ކަޅުބިލަމަސް ނިސްބަތުން މަދުކަން ފާހަގަ ކުރެވުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.