މި ރޯދަ މަހު ރެޑްވޭވުން ކުކުޅު ގެންނާނީ ތާޒާކޮށް، ގަނޑުނުކޮށް

އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ތެރެއިން ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދެ އެވެ.

ރެޑްވޭވުގެ ފިހާރައިގައި ވިއްކާ ތާޒާ ކުކުޅު - މާދަމާއިން ފެށިގެން ރޯދަމަސް ނިމެންދެން ލިބެން ހުންނާނެ.

މިއަދުން ފެށިގެން ރެޑްވޭވުން ގަނޑު ނުކުރާ، ތާޒާ ކުކުޅު ލިބެން ހުންނާނެ އެވެ. ރޯދަމަހަށް ހާއްސަކޮށްގެން ރެޑްވޭވުން އެތެރެކުރާ ތާޒާ ކުކުޅަކީ، ސީދާ ސްރީލަންކާގެ ކުކުޅު ފާމް ތަކުން ކަތި ލާގޮތަށް އައިސް އަޅައި ފިނިކޮށްގެން އެކަމަކު ގަނޑުނުކޮށް ގެންނަ އުފެއްދުމެކެވެ. 

ތިލާތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭ ފިހާރައާ ހަމައަށް އެ ކުކުޅުތައް ފޯރާނެ އެވެ. އެ ކުކުޅުތައް ކަތިލަނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން، ހަލާލު ގޮތުގަ އެވެ.

ރެޑް ވޭވުން ބުނީ އެ ފިހާރައިން ވިއްކާ އެހެން އުފެއްދުންތަކެކޭ އެއްފަދައިން، ތާޒާ ކުކުޅު ވެސް އަތްފޯރާފަށުގައި ލިބެން ހުންނާނެ ކަމަށެވެ. އަދި، މުޅި ރޯދަމަސް އެއްކޮށް ތާޒާ ކުކުޅު ލިބެން ހުންނާނެ ކަމަށް ވެސް އެ ފިހާރައިން ބުނެއެވެ.

މި ނޫނަސް، ދިވެހިންގެ ތެރޭގައި މަގުބޫލު އެތައް އުފެއްދުންތަކެއް ރޯދަޔާ ދިމާކޮށް ރެޑްވޭވުން އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަމުން ދެއެވެ. ރޯދަމަހާ ދިމާކޮށް އެ ފިހާރައިން އަންނަނީ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ތެރެއިން ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދެ އެވެ. ރެޑްވޭވުގެ ފިހާރަތަކުން 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން އެ ގުރުއަތުގައި ބައިވެރިވެވެ އެވެ.

އޭގެތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި ނަސީބުވެރިންގެ އިތުރު ފަސް މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި ވަކިވަކި ބްރޭންޑުތަކުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަގާ ގުރުއަތަކުން ވެސް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.