މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް

ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރި އާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ފުލުހުން ބަލަހައްޓާނެ އެވެ.

ވެހިކަލެއް ޓޯ ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ރޯދައަށް އޮޕަރޭޝަން ވަނީ ފުޅާކޮށްފައި

މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދު ކުރަން ފުލުހުންގެ ހަރަކާތްތައް އިތުރުކުރާނެ އެވެ. އެއީ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ނުދިނުމަށެވެ.

މީގެ އިތުރުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

  • 1.މާލޭގެ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް
  • 2.ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުން
  • 3.މިސްކިތްތަކަށް ވަދެނުކުމެ ހެދޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުން
  • 4.ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުން
  • 5.ބާޒާރުމަތި ހަމައަކަށް އެޅުވުން
  • 6.މަގުމަތި ތަރުތީބު ކުރުމުގެ މަސައްކަތް
  • 7.ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުން

މީގެ އިތުރުން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރި އާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ފުލުހުން ބަލަހައްޓާނެ އެވެ. އަދި ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކް ކުރުން މަނާ ކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުން މަނާ ސަރަހައްދުތައް ވެސް ބަލަހައްޓާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.