ޓޫރިޒަމް ފުޅާކުރާ އެއްބަސްވުމެއް ސައުތު ކޮރެއާ އާއެކު ހަދައިފި

އެއްބަސްވުމާއެކު ރާއްޖެއަށް އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރަން މިއަހަރު ތެރޭ ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ އެވެ.

ސައުތު ކޮރެއާ އަދި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރަން ޓޫރިޒަމް މިނިސްޓްރީން ސައުތު ކޮރެއާއާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސައުތު ކޮރެއާގެ ޓޫރިޒަމް އޯގަނައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓް، ލީ ޖިން ހޯ އެވެ.

މިއީ ދެ ގައުމުގެ މެދުގައި ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދަން ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާއި ފުރުސަތުތައް ފާހަގަކޮށް ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭނެ ކަންކަމާއި އެކަމާ ގުޅުންހުރި ދިރާސާތައް ކުރަން ވަނީ ހަމަޖެހިފަ އެވެ.

  •  ދެ ގައުމު ގުޅިގެން ޓޫރިޒަމް ކުރިއަރުވަން ގުޅުން ބަދަހި ކުރާނެ
  •  ދިރާސާތައް ކުރާނެ
  •  އިންސާނީ ވަސީލަތް ތަރައްގީކުރަން ޕްރޮގްރާމްތައް ހިންގާނެ
  •  ދެ ގައުމުގެ ކަމާގުޅުން ހުރި ފަރާތްތަކަށް ސެމިނާތަކާއި ވޯކްޝޮޕްތައް ހިންގާނެ

މި އެމްއޯޔޫގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖެއަށް އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރަން މިއަހަރު ތެރޭ ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށެވެ. އެކަމާ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.