ބްރިޖުން މުދާ އުފުލޭ ގަޑި: ހުޅުމާލެ ގުދަން ތަކަށް ތަކުލީފެއް

ރާއްޖޭގައި 16 ވިޔަފާރިގެ ހިންގާ ބޮޑު ޗެއިންގެ ވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އުސޫލަކީ އެއްވެސް ތާކުންތާކު ނުޖެހޭ އިގްތިސޯދީ ގޮތުން ބެލިނަމަވެސް ބުރަދަނެއް ނެތް އުސޫލެކެވެ.

ލޮރީއަކުން މުދާ ބާލަނީ :ރޯދަ މަހު ބްރިޖުމަތިން މުދާ އުފުލޭނީ ވަކި ގަޑިތަކެއްގަ -- މި

ރޯދަ މަހު ސިނަމާލެ ބްރިޖުން މުދާ އުފުލޭ ގަޑިއަށް ގެނެސްފައިވާ ބަދަލާއެކު ހުޅުމާލޭގައި ގުދަން ގެންގުޅޭ ވިޔަފާރިތަކަށް ތަކުލީފު ބޮޑުވެ ގޮތް ހުސްވާ ހިސާބަށް ހިނގައްޖެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޯދަމަހު މުދާ އުފުލޭނެ ގަޑިތަކެއް އެހެން ރޯދަ މަސްތަކެކޭ ވެސް އެއްގޮތަށް އާއްމު ކޮށްފަ އެވެ. މި އުސޫލުގައި ބްރިޖުން މުދާ އުފުލޭނެ ވަގުގުތަކެއް ވެސް އާއްމުކުރި އެވެ. އުސޫލުގައިވާ ގޮތުން ބްރިޖަށް އެރޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން އިން ފެށިގެން ހެނދުނު 6:00 އަށެވެ. 

  •  ހެނދުނު 9:00 އިން ހަވީރު 4:00 އަށް
  •  ދަންވަރު 1:00 އިން އިރުއަރާ 6:00 އަށް

ނަމަވެސް މި އުސޫލާއެކު ހުޅުމާލޭގައި ގުދަން ހިފައިގެން ވިޔަފާރިކުރާ ބޮޑެތި ގިނަ ކުންފުނިތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ. މީގެ ތެރޭން ބައެއް ވިޔަފާރިވެރިން "މި" ނޫހަށް ވާހަކަ ދައްކަމުން ބުނި ގޮތުގައި މި އުސޫލުމުގެ ސަބަބުން އެ މީހުން ރޯދަ މަހުގެ ފިޔަފާރި އޮޕަރޭޝަން އެތައް ގުނައަކަށް ދަތިވެގެންދާނެ އެވެ. 

މި ބަދަލާއެކު އެންމެ ބޮޑަށް ދަތިވެގެންދާ އެއް ބަޔަކީ ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ޗެއިން ރެޑްވޭވް ކުންފުންޏަށެވެ. މަހަކު 200 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ އެތެރެކޮށް އަބަދު ވެސް 40 އެއްހާ ކޮންޓެއިނަރު ވިޔަފާރި ބަނދަރުން ކްލިއަ ކުރަން ޖެހޭ ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވި ގޮތުގައި މި އުސޫލަކީ އެއްވެސް ތާކުންތާކު ނުޖެހޭ އުސޫލެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މަހު ވިޔަފާރިތައް ހިންގުމުގައި ސަރުކާރުން އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެ އެވެ. މުދާ އުފުލާ ގަޑިތައް ކަނޑައެޅުން ފަދަ ކަންކަމުގައި މަޝްވަރާ ނުކޮށް ގެންނަން މިފަދަ ބަދަލުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވާނެ އެވެ. 

"މިހާރު އޮތް ގޮތުން ރޭގަނޑު މުދާ އެމްޕީއެލް އިން ނެރެގެން ލޮރީތައް އެބަ ބަހައްޓަން ޖެހޭ ދަންވަރު 1:00 ޖަހަން ދެން. މިގޮތަށް މަޑު ކުރަން ޖެހުމުން ދަންވަރު މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާފަ ހެނދުނު ފޮނުވާލަން ޖެހެނީ. އަނެއްކާ ހެނދުނު އެމީހުން ނެރެވޭނެ ގޮތެއް ނޯންނާނެ،" ސަލީމް ވިދާޅުވި އެވެ. 

ރާއްޖޭގައި 16 ވިޔަފާރިގެ ހިންގާ ބޮޑު ޗެއިންގެ ވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އުސޫލަކީ އެއްވެސް ތާކުންތާކު ނުޖެހޭ އިގްތިސޯދީ ގޮތުން ބެލިނަމަވެސް ބުރަދަނެއް ނެތް އުސޫލެކެވެ. 

"ބްރިޖަކީ އިކޮނޮމިކް ހަރަކާތް ހިންގަން ޖެހޭ ތަނެއް. ހަމައެކަނި ފިނިބުރަށް އޮންނަން ޖެހޭނެ ތަނެއް ނޫން،" ސަލީމް ވިދާޅުވި އެވެ. 

މި މައްސަލާގައި ވިޔަފާރިވެރިންނާ އެއްވެސް މަޝްވަރާއެއް ކުރި ތޯ "މި" ނޫހުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުއަށް ގުޅުމުން ވިދާޅުވީ ތިޔަ ސުވާލުގެ ޖަވާބު ހޯދާލާފައި އަންގާލާނެ ކަމަށެވެެ. ނަމަވެސް އޭގެ ފަހުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.