މާލެ ސަރަހައްދުގައި 26 މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ

އެގޮތުން މި ރަމަޟާން މަހު މާލޭގެ 15 މިސްކިތެއްގައި ވިލިމާލޭގެ މިސްކިތެއްގައި އަދި ހުޅުމާލޭގެ 10 މިސްކިތެއްގައި ތަރާވީހުގެ ޖަމާއަތް އޮންނާނެ އެވެ.

ޖަމާއަތުގެ ނަމާދެއްގައި ބަޔަކު ބައިވެރިވަނީ

މި ރަމަޟާން މަހު މާލެ ސަރަހައްދުގައި 26 މިސްކިތެއްގައި ތަރާވީހް ނަމާދުގެ ޖަމާއަތް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް މާލެ ސަަރަހައްދުގައި ތަރާވީހުގެ ޖަމާއަތް ހަދާނެ މިސްކިތްތައް އިއުލާނު ކުރެއެވެ.

އެގޮތުން މި ރަމަޟާން މަހު މާލޭގެ 15 މިސްކިތެއްގައި ވިލިމާލޭގެ މިސްކިތެއްގައި އަދި ހުޅުމާލޭގެ 10 މިސްކިތެއްގައި ތަރާވީހުގެ ޖަމާއަތް އޮންނާނެ އެވެ.

  • 1.އިސްލާމީ މަރުކަޒު - މާލެ
  • 2.މަސްޖިދުލް މަލިކި ސަލްމާން - މާލެ
  • 3.މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ - މާލެ
  • 4.މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް - މާލެ
  • 5.މަަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން - މާލެ
  • 6.މަސްޖިދު ސަލާހުއްދީން - މާލެ
  • 7.މަސްޖިދުލް ފުރުޣާން - މާލެ
  • 8.ފަނޑިޔާރު މިސްކިތް - މާލެ
  • 9.މަސްޖިދުއް ނޫރު - މާލެ
  • 10.މަސްޖިދުއްޝަހީދު އަލީ - މާލެ
  • 11.މަސްޖިދު އިސްކަންދަރު - މާލެ
  • 12.މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން - މާލެ
  • 13.މަސްޖިދުއް ޝައިހް މުހައްމަދު ޖަމީލް ދީދީ - މާލެ
  • 14.މަސްޖިދުއް އަފީފުއްދީން - މާލެ
  • 15.މަސްޖިދުއް އަލީ ހުސައިން - މާލެ
  • 16.މަސްޖިދުއް ޒިކުރާ - މާލެ
  • 17.މަސްޖިދުއް އިހްލާސް - ވިލިމާލެ
  • 18.މަސްޖިދު ރަޝީދު - ހުޅުމާލެ
  • 19.މަސްޖިދު އަޒީޒު މުސާ - ހުޅުމާލެ
  • 20.މަސްޖިދު އުމަރު ބިން ޚައްތާބް - ހުޅުމާލެ
  • 21.މަސްޖިދުލް އަސްދިޤާ - ހުޅުމާލެ
  • 22.މަސްޖިދުލް އަސްދިޤާއި - ހުޅުމާލެ
  • 23.މަސްޖިދު މުހައްމަދު - ހުޅުމާލެ
  • 24.މަސްޖިދުލް ވާލިދައިނި - ހުޅުމާލެ
  • 25.ހުޅުމާލެ ވަގުތީ މިސްކިތް
  • 26.މަސްޖިދު އުސްމާން ބިން އައްފާން - ހުޅުމާލެ
  • 27.މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.