ސަލްމާންގެ ކިޔާފައިވާ "ޖީ ރަހޭ ހަމް" ވަރަށް ރީތި

އެކްޝަން ތްރިލާ މި ފިލްމުގެ ދެ ލަވައެއް ކަމަށްވާ ނައިޔޯ ލަގްދާ އާއި ބިލީ ބިލީ މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. މިހާރު ސަލްމާން އާއި ޕޫޖާ ހެގްޅޭ އެކުލެވޭ އިތުރު ލަވައެއް ނެރެން ވެސް ވަނީ ތައްޔާރުވެފަ އެވެ.

ސަލްމާން ހާނާއި ޕޫޖާ ހޭގްޅޭ ސަލްމާންގެ ލަވައިގައި

ބޮލީވުޑްގެ މެގަ ސްޓާރު ސަލްމާން ހާން ކިޔާފައިވާ އާ ލަވައެއް ޓީޒާ ދައްކާލައިފި އެވެ. ކުރިން ވެސް ލަވަތައް ކިޔާފައިވާ ސަލްމާންގެ މި ލަވަ ރަސްމީކޮށް ރިލީޒް ކުރާނީ ރޯދައަށް ފަހު ފިތުރު އީދުގަ އެވެ.

ސަލްމާންގެ ލަވަތަކަށް ބޮޑު ތަރުހީބެއް ކޮންމެ ފަހަރަކު ވެސް ލިބެ އެވެ. ލަވައިގައި ސަލްމާން ހާން ފެންނަނީ ޕޫޖާ ހޭގްޅޭއާއެކު ލަވަކިޔަމުން ދަނިކޮށާއި ރީތި އެ ސްޓާރާ އެކު ލޯބީ ކުރާތަނެވެ. ސަލަމްނާ ދިގު އިސްތަށިގަނޑަކާއެކު އިންތިހާއަށް ރީތިކޮށް ފެންނައިރު އިސްތަށިގަނޑުގެ ދެބައިކުޅަ އެއްބައި އޮންނަނީ ބަނދެލާފަ އެވެ.

މި ލަވައަކީ "ޖީ ރަހޭ ހަމް" އެވެ. އަދި "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގައި ހިމަނާފައިވާ މި ލަވައަކީ އަމާލް މާލިކުގެ މިއުޒިކާއި ޝައްބީރް އަހުމަދުގެ ލޯބީގެ ޅެމެކެވެ. ލޯބީގެ ސޯލޯ މި ލަވަ ސަލްމާން ކިޔާފައިވަނީ ފުރިހަމައަށެވެ. ލަވަ ހިމެނޭ ފިލްމް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ނެރޭނީ އަންނަ މަހުގެ 21 ގަ އެވެ. އެއީ ފަރުހާދު ސަމްޖީ ތަމަޅަ އެކްޝަން ޑްރާމާ "ވީރަމް" އަސްލަކަށް ބަލައިގެން ޑައިރެކްޓްކޮށްފައިުވާ ފިލްމެކެވެ.

އެކްޝަން ތްރިލާ މި ފިލްމުގެ ދެ ލަވައެއް ކަމަށްވާ ނައިޔޯ ލަގްދާ އާއި ބިލީ ބިލީ މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. މިހާރު ސަލްމާން އާއި ޕޫޖާ ހެގްޅޭ އެކުލެވޭ އިތުރު ލަވައެއް ނެރެން ވެސް ވަނީ ތައްޔާރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.