ސައުދީއަށް ހަނދެއް ނުފެނުނު، ރޯދަ ވާނީ ބުރާސްފައްޗަށް

ސައުދީގެ އިތުރުން އިސްލާމީ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭ ގަރާރުތައް ނެރެމުންނެވެ.

ސައުދީ އަރަބިއްޔާއަށް މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަނޑައަޅައިފި އެވެ.

ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނީ އެ ގައުމަށް ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން މާދަމާއަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސައުދީ ކަލަންޑަރުގައިވާ ގޮތުން މާދަމާއަކީ މި އަހަރުގެ ރަަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

ސައުދީގެ އިތުރުން އިސްލާމީ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭ ގަރާރުތައް ނެރެމުންނެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ދަނީ ހަނދާބެހޭ ބަޔާން އިއްވުމަށް ތައްޔާރު ވަމުންނެވެ.

ދިވެހި ކަލަންޑަރު ބުނާ ގޮތުން މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. ރޯދަ ވާނީ ބުރާސްފައްޗަށެވެ.

ފަލަކީ ހިސާބު ބުނަނީ ކީކޭ؟ - ފަލަކީ ހިސާބު އިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސެ އެވެ. ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށެވެ. ހުރިހާ އިސްލާމީ ގައުމަކަށާއި އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ގައުމަކަށް ވެސް މިއަދު އިރު ނޯއްސި ހުއްޓާ ހަނދު އޮއްސެ އެވެ.

އެގޮތުން ރާއްޖެއަށް އިރުއޮއްސުމުގެ 9 މިނެޓު ކުރިން ސައުދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިސުރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސެއެވެ. 

މިއަދު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސޭނެ ކަމަށް ބެލެވެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަހައްދަށާއި އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށެވެ. އެހެންކަމުން މާދަމާ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަހައްދަށެވެ. އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.