ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް

ވަގުތު ހުރި ގޮތުން އެއްވެސް ބޭފުޅަކަށް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވެން ނެތްކަން ސިޓީއަކުން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހެއްދެވީ އިތުރުފުޅެއް ކަން "މި" ނޫހަށް އެނގިއްޖެ އެވެ. 

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދައިދިނުމަށް މިނިސްޓަރު ވަޑައިގެންނެވީ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދެއްވި ދައުވަތު ގަބޫލުނުކުރައްވާ ކަަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ވަނީ "އާއިލީ ކަމެއްގައި ބިޒީ" ކަމަށް ވިދާޅުވެ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް މިނިސްޓަރު ވަޑައިނުގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދައިދިނުމަށް ވަޑައިގަތުމުން ފާޑު ވިދާޅުވެފައެވެ.

އެ ވާހަކަތައް ދޮގު ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ފޯރަމަށް ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

"މިއީ ރަނގަޅު ވާހަކައެއް ނޫން. މިފަދަ ދައުވަތެއް އަޅުގަނޑަށް ލިބިފައެއްވެސް ނުވޭ. ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ނުަފެތުރެއްވުން އެދެން،" ޝުޖާއު ޓްވީޓަށް ރައްދު ދެއްވާ މިނިސްޓަރު ވިދާޅުވިއެވެ. 

އެ ހަބަރު "މި" ނޫހުގައި ޝާއިއު ކުރުމުން ހއ އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން ވަނީ މި ނޫހަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެ ބޭފުޅުން ވިދާޅުވީ މިނިސްޓަރު އައިޝަތު އަލީ އަށްވެސް އަދި އެޑިއުކޭޝަންގެ އިސްވެރީންނަށް ފޯރަމަށް ދައުވަތު ދެއްވި ކަމަށެވެ.

ވަގުތު ހުރި ގޮތުން އެއްވެސް ބޭފުޅަކަށް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވެން ނެތްކަން ސިޓީއަކުން ވަނީ އަންގާފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ހއ އަތޮޅުގެ ކައުންސިލްގެ ރައީސް މޫސާ ޝަފީގަށް އެ ސިޓީ ފޮނުވާފައިވަނީ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ސޮއި ކުރައްވައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.