މަރުކަޒުގައި ކާޕެޓް އެޅުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ރައީސް ސޯލިހް ވަނީ މަރުކަޒަށް ވަޑައިގެން ކާޕެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހް މަރުކަޒުގައި

މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި އައު ކާޕެޓް އެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްލަވާލައްވައިފި އެވެ. 

އިސްލާމީ މަރުކަޒު ގައި އައު ކާޕެޓް އެޅުމުގެ މަސައްކަތް ކުރަނީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށެވެ. 

ރައީސް ސޯލިހް ވަނީ މަރުކަޒަށް ވަޑައިގެން ކާޕެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި ނެވިލޯން އެޅިއެވެ. އޭގެ ފަހުން ކާޕެޓް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައި ނުވަނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދީފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދެ އަހަރަށް ފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި މިސްކިތުގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.