ބުރާސްފަތިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

މި އަހަރުވެސް ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ފައިސާ މޮބައިލް އަދި ބޭންކު އޮފް މޯލްޑިވްސް ގެ ޕޯޓަލް އާއި ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ.

ފިތުރު ޒަކާތް ބަލައިގަންނަނީ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފެށިގެން ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. 

އެ މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޒަކާތް މާޗް 23 އިން އޭޕްރީލް 18 އަށް ބަލައިގަންނާނެ ކަމަށެވެ. ކަލަންޑަރު ބުނާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23 ވާ ބުރާސްފަތި ދުވަހެވެ.

މި އަހަރުވެސް ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ފައިސާ މޮބައިލް އަދި ބޭންކު އޮފް މޯލްޑިވްސް ގެ ޕޯޓަލް އާއި ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ. ބަނޑޭރި ޕޭ އިން ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެ އެވެ.

އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިން ކޮށް ޒަކާތް ނުދެއްކޭ މީހުންނަށް މާޗް 26 ވަނަ ދުވަހު ފެށިގެން މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ. އެ ދުވަސް ތަކުގައި ޒަކާތް ބަލައިގަންނާނީ ހެނދުނު 10 އިން 1:00 އަށެވެ.

ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

  • 1.އާދައިގެ ހަނޑޫ - 12 ރުފިޔާ
  • 2.ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
  • 3.ރަތް ހަނޑޫ - 99 ރުފިޔާ
  • 4.ބާސްމަތީ ހަނޑޫ (އާދައިގެ) - 84 ރުފިޔާ
  • 5.ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
  • 6.އާދައިގެ ފުށް - 12 ރުފިޔާ
  • 7.އާޓާ ފުށް - 75 ރުފިޔާ

ކޮމެންޓް

1
450
އަލީ ރަޝީދު
1 year ago

ފިތުރު ޒަކާތަކީ ގޮވާމުން ދައްކަން ޖެހޭ އެއްޗެކެވެ. ފައިސާ ދެއްކުމުން ޒަކާތް ދެއްކުނީ ކަމަކަށް ނުވާނެއެވެ. އަދި ޒަކާތް ނެރެން ޖެހެނީވެސް އީދު ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސުމުން ފެށިގެން އީދު ނަމާދަށް ނުކުންނަން ދެންނެވެ. ދީނީ ކަންތަކަށް ބޭނުންގޮތަލަށް ބަދަލުކުރުމުގެ އިޚްތިޔާރެއް އެކަކަށްވެސް ނޯންނާނެއެވެ.

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.