ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް

ޖުމްހޫރީ ޕާޓީން ބުނީ މިއަދު އޮތް ކައުންސިލް ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖައްސަވާފައިވާކަން ގާސިމް އިއުލާނު ކުރައްވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކަށް އިލްހާމް ހަމަޖެއްސަވާ ލިޔުން ހަވާލުކޮށް ދެއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ހަމަޖައްސަވައިފި އެވެ.

ސްޕެޝަލް އެންވޯއީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ ބާރާއި އިހްތިޔާރު ގާސިމަށް އެ ޕާޓީގެ ކައުންސިލުން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އޮތް ކައުންސިލް ބައްދަލްވުމުގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިއަދު އޮތް ކައުންސިލް ބައްދަލްވުމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖައްސަވާފައިވާކަން ގާސިމް އިއުލާނު ކުރައްވާފައިވާ ކަމަށެވެ. 

އިލްހާމް ކުރީން ހުންނެވީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައެވެ. އިލްހާމަކީ ދެ ދައުރެއްގައި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީން ޑީއާރުޕީ އާއި ޕީޕީއެމްގައި އިސް ދައުރެއް އަދާކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވީ ޕީޕީއެމްގައި ހުންނެވުމަށް ފަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.