މޫނު ބުރުގާ މައްސަލާގައި އަރަބިއްޔާ ބެލެނިވެރީން ކޯޓަށް

އަރަބިއްޔާގެ ބެލެނިވެރީން ބުނީ މޫނު ބުރުގާ މަނާކޮށް މޫނު ބުރުގާ އަޅާ ކުދީންގެ ކިޔެވުމަށް ހުރަސް އަޅާތީ އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މެނޭޖްމަންޓް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާން ވަނީ ނިންމާފައި

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމުން އެ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާން އަރަބިއްޔާގެ ބެލެނިވެރީން ނިންމައިފި އެވެ.

އަރަބިއްޔާގައި ކިޔަވާ ދަރިވަރުން ސުކޫލަށް އަންނައިރު ބުރުގާ އަޅަން ޖެހެއެވެ. އެ ސުކޫލްގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅައެވެ.

އަރަބިއްޔާއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށް އެ ސުކޫލު މިހާރު ހިންގެވުމާއި ހަވާލުވެ ތިބި ވެރީން ވަނީ އެ ސުކޫލުގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަމާމެދު އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ. އެޑިއުކޭޝަނުން އެންގީ މޫނު ބުރުގާ އަޅައިގެން ސުކޫލަށް ހާޒިރު ނުވެވޭނެ ކަމަށެވެ.

އެ އެންގުމާއި ގުޅިގެން ސުކޫލުން މިހާރު ވަނީ މޫނުބުރުގާ އަޅާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރީންނަށް އެއީ މަނާ ކަމެއް ކަން އަންގާފައެވެ.

އަރަބިއްޔާގެ ބެލެނިވެރީން ބުނީ މޫނު ބުރުގާ މަނާކޮށް މޫނު ބުރުގާ އަޅާ ކުދީންގެ ކިޔެވުމަށް ހުރަސް އަޅާތީ އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މެނޭޖްމަންޓް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.