ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާ ކޮށްފި

މާހެފުމަށް ފަހު ބައިވެރިން ވަނީ މަގުމަތީގައި ހިނގާލުމެއް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު އެ ސަރަހައްދުގައި ފުލުހުންގެ ބޮޑު ފޯސްއެއް މަގު ބަންދުކޮށްގެން ދިޔައީ ހަރަކާތްތެރި ވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލޭގައި ބޭއްވި އިހްތިޖާޖުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޮޑު އިހުތިޖާޖެއް މުޅި ރާއްޖޭގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ރަސްފަންނުގަ އެވެ. ރަސްފަންނުގައި ހަރަކާތް ކުރިއަށް ގެންދިޔައީ މާހެފުމަކާވެސް އެކުގަ އެވެ. އެ ސަރަހައްދުގައި އާންމު މެންބަރުންނާއި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ޝުއޫރުވެސް ފާޅުކޮށްފައެވެ.

މާހެފުމަށް ފަހު ބައިވެރިން ވަނީ މަގުމަތީގައި ހިނގާލުމެއް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު އެ ސަރަހައްދުގައި ފުލުހުންގެ ބޮޑު ފޯސްއެއް މަގު ބަންދުކޮށްގެން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އެހެން ކަމުން ހިނގާލުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަތޮޅުތެރޭގެ ރަށެއްގައި ބޭއްވި އިހްތިޖާޖުގެ ތެރެއިން

ޕީޕީއެމް، ޕީއެންސީން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހެން މިއަދުގެ އިހުތިޖާޖު ކުރިއަށް ދިޔަ ކަމަށެވެ. ބައެއް ރަށްރަށުގައި ކުރިއަށް ދިޔަ އިހްތިޖާޖުތަކުގައި ގިނަ ބަޔަކު ބައިވެރިވިއެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޮޑެތި އިހުތިޖާޖުތައް ބާއްވައިފަ އެވެ. އަދި ކޮންމެ ރެޔަކު ސަޕޯޓަރުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރެ އެވެ.

އެ ކޯލިޝަނުން ބުނީ ކުރިއަށް އޮތް ރޯދަ މަހު ވެސް ސިލްސިލާކޮށް މަގުމަތީގައި މި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު ރޯދަމަހަކީ އަޅުކަމުގެ މަހަކަށްވާތީ ފަހު 10 ގައި ހަރަކާތްތައް މަޑު ޖައްސަލައިލާނެ ކަމަށެވެ.

ވ. އާރަށަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފައި މަނީ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ވަނީ 11 އަހަރަށް ޖަލަށް ލާފަ އެވެ. އެމަނިކުފާނު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.