ގުރައިދޫގައި ޓޫރިޒަމް ތަރައްގީކުރުމަށް މިނިސްޓްރީއާއެކު އެމްއޯޔޫއެއް

ގުރައިދޫން 2019 ވަނަ އަހަރު ހިއްކި ބިންތަކުގެ ތެރެއިން ސަރަހައްދެއް މިހާރު ފަތުރުވެެރިކަމުގެ ބޭނުމަށް ވަނީ ކަނޑައަޅާފައެވެ.

އެމްއޯޔޫގައި ސޮއި ކުރުމަށް ފަހު ގުރައީދުގައި މިނިސްޓަރު މައުސޫމާއި ގްރައިދޫގެ ކައުންސިލްގެ ރައީސް

ތ. ގުރައިދޫގައި ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމަށް އެ ރަށު ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއެއެކު، އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ރޭ ގުރައިދޫ ކައުންސިލުގެ އިދާރާގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ގުރައިދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް އަލީ ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ގުރައިދޫގައި މިހާރު ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ތަރައްގީ ކުރުމަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީގެ ފަރާތުން ފޯރު ކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން، އެ ބިންތަކަށް އިންވެސްޓަރުން ހޯދުމާއި، ރަށް ބްރޭންޑު ކުރުމާއި، އިސްތިހާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ގުރައިދޫ ކައުންސިލުގެ ރައީސް އަލީ ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ރަށުގައި އަލަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޓޫރިޒަމްގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ގުރައިދޫން 2019 ވަނަ އަހަރު ހިއްކި ބިންތަކުގެ ތެރެއިން ސަރަހައްދެއް މިހާރު ފަތުރުވެެރިކަމުގެ ބޭނުމަށް ވަނީ ކަނޑައަޅާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރިކަން ތަރައްގީކުރުމުގައި އެހީތެރިކަން ބޭނުންވާ ބައެއް އެހެން ރަށްތަކާއެކު ވެސް އެކަމުގައި އެހީތެެރިވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.