ރާއްޖެއަށް އެތެރެކުރާ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ލުއިތަކެއް ދީފި

މި މިބަދަލު ގެނައުމާއެކު މި ކޮންޓްރޯލް ދެން ބަލާނީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ.

މިނިސްޓަރު ނަހުލާ އާއި ރައީސް އިބްރާހިމް މުހައްމަދު

ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން އުވާލައިިފި އެވެ. 

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން އުވާލާފައި ކަމަށާ މި އިސްލާހާއެކު ވަރަށް ބޮޑު ފަސޭހައެއް ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.

އެލް-10 ގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމެވެ. މި މިބަދަލު ގެނައުމާއެކު މި ކޮންޓްރޯލް ދެން ބަލާނީ މިގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. މި ގޮތަށް ބަދަލު ގެނައުމުން ކުރިން ދެ ޕްރޮސެސްއެއްގައި ބަލަލުން ދިއަކަންކަން އެއް ޕްރޮސެސްއަކުން ބަލައި ޔަގީން ކުރެވި މަސައްކަތް އަވަސް ވެގެންދާނެ އެވެ.

މިއިސްލާހު ގެނައުމާއި ހަމައަށް އެލް-10 ގެ ގޮތުގައި ހަތަރު ފިރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ހުއްދައެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ހޯދަން ޖެހެއެވެ. އަދި މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މަޢުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށހަޅަން ޖެހެއެވެ. އަދި މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށްވެސް ވާންޖެހެއެވެ. އަދި މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މަޢުލޫމާތަކީ ބައެއްގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުންގޮސްފައިވާ މައުލޫމާތުތަކެކެވެ. އަދި ހަމަ އެހެންމެ މި ލިޔުން ހޯދުމަށްޓަކައި ގަރާޖާއި ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެއެވެ.

މި ގެނެވުނު ބަދަލާއެކު އެލް-10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ އެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ އެލްއާރްއައި ގެ ފޯމާއެކު މުޅިން އައު އުޅަނދެއް ނަމަ މެނިފެކްޗާ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން -- ޑިލީޝަން ސެޓްފިކެޓް/ ރަޖިސްޓަރީ ބާތިލު ކުރިކަމުގެ ލިޔުން ނުވަތަ އެކްސް ޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުން ފުދޭނެއެވެ. އަދި ހަމަ އެހެންމެ ރޯޑު ވާދިނަސް ރިޕޯޓް އަދި ގަރާޖު ކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ދެމުންގެންދާ ހިދުމަތް ރައްޔިތުންނަށް އަވަހަށް އަދި ފަސޭހައިން ލިބޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކުރެވޭ މަސައްކަތުގައި އެލް-10 އުވާލުމަކީ ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

ކޮމެންޓް

1
450
ނުރަބޯ
1 year ago

ދުނިޔެވީ އެއްވެސްކަމެއް އޭގެ ކޮންޓްރޯލް ގެއްލިއްޖެ ނަމަ އެކަން ވާނީ ބޮޑު މުސީބާތަކަށެވެ. މިހާރުވެސް މިއުޅެނީ ދުއްވާއެއްޗެއްސާހެދި މަގެެއްގަ ހިނގެން ނެތިގެންނެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.