މައުމޫން އުފެއްދެވި ޑީއާރުޕީގެ ދަރަނި މައުމޫންގެ އިސްތަށިފުޅަށް

ޑީއާރުޕީ ކުރީން ހިންގެވި ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހުރިހާ ދަރަންޏަކީ ރައީސް މައުމޫންގެ ޒައާމަތުގައި އުފެއްދި ދަރަންޏެވެ.

ޑީއާރުޕީގެ އުފެއްދެވި އެ ޕާޓީގެ ބާނީ ރައީސް މައުމޫން އަބްދުލްގައްޔޫމް

މިއަދު އުވާލި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ޒިންމާ ވާނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ ޑީއާރުޕީ އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލާ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ. ކޮމިޝަނުން ބުނި ގޮތުގައި މި ދެ ޕާޓީ އުވާލުމަށް ނިންމާ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައެއް ނުވެއެވެ. އެހެން ކަމުން ގާނޫނުގައި ބުނާ ގޮތަށް ދަރަންޏަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޑީއާރުޕީގައި މިވަގުތުވެސް 3.9 މިލިއަންގެ ދަރަންޏެއް އެބައޮތެވެ. އެ ނޫންވެސް ކޯޓް މަރުހަލާ ނިމިފައިވަނީ ދަރަނީގެ އިތުރު މައްސަލައެއްވެސް އެބައޮތެވެ. ޑީއާރުޕީ ކުރީން ހިންގެވި ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހުރިހާ ދަރަންޏަކީ ރައީސް މައުމޫންގެ ޒައާމަތުގައި އުފެއްދި ދަރަންޏެވެ. 

ޑީއާރުޕީ ދެބައިވެ މައުމޫނާއި ތަސްމީންގެ ގުޅުން ގޯސްވުމުން މައުމޫން ވަނީ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. ދުވަސްކޮޅެއް ފަހުން ތަސްމީންވެސް ވަނީ ޑީއާރުޕީ ދޫކޮށްލައްވާ ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި އަނބިކަނބަލުން ވިސާމް އަލީ އާއި ކޮއްކޮ މުހައްމަދު ނާޝިޒް އާއި ނާޝިޒްގެ އަނބިކަނބަލުން ރޮޒައިނާ އާދަމް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.

ދެން ޑީއާރުޕީއާ ހަވާލުވެވަޑައިގެންނެވީ ކާނަލް މުހައްމަދު ނަޝީދެވެ. ނަޝީދު ހަވާލުވެވަޑައިގެންނެވިއިރު 34 މިލިއަންގެ ހަތަރު އޮތެވެ. ނަޝީދުގެ ލީޑާޝިޕްގައި ވަނީ 30 މިިލިއަންގެ ދަރަނި އަދާކޮށްފައެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޑީއާރުޕީގެ ލީޑަރު ކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގެ ދަރަނި ހުރީ 3.9 މިިލިއަން ރުފިޔާގައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޯޓް މަރުހަލާ ނުނިމޭ މައްސަލަތަކާއި ގުޅުންހުރި ދަރަންޏެވެ. އެންމެ ބޮޑު އަދަދަކުން ދަރާ އޮތީ އެމްޓީސީސީއަށެވެ. އެ ކުންފުންޏަށް ދޭން ޖެހޭ 1.1 މިލިއަން ރުފިޔާ އެބައޮތެވެ. ނަަމަވެސް އެ މައްސަލަ އޮތީ ހައިކޯޓް މަރުހަލާގައެެވެ. މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ އެއިމްސް ކުންފުންޏަށް ދޭން ޖެހޭ ހަތަރު މިލިއަނެއްހާ ރުފިޔާގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާ މިހާރު އޮތީ ތަންފީޒީ މަރުހަލާގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމާއެކު މި ދަރަންޏަށް ދިމާވާން ޖެހިވަޑައިގަންނަވާނީ ރައީސް މައުމޫނަށެވެ. 

ކޮމެންޓް

1
450
ޒަމީރާ އާދަމް
1 year ago

ދެން ޑީއާރުޕީއާ ހަވާލުވެވަޑައިގެންނެވީ ކާނަލް މުހައްމަދު ނަޝީދެވެ. ނަޝީދު ހަވާލުވެވަޑައިގެންނެވިއިރު 34 މިލިއަންގެ ހަތަރު އޮތެވެ. ނަޝީދުގެ ލީޑާޝިޕްގައި ވަނީ 30 މިިލިއަންގެ ދަރަނި އަދާކޮށްފައެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޑީއާރުޕީގެ ލީޑަރު ކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގެ ދަރަނި ހުރީ 3.9 މިިލިއަން ރުފިޔާގައެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.