ޖޭޕީއާއެކު ނަޝީދުގެ ފެކްޝަނުން ވަކި ޕީޖީ ގުރޫޕެއް ހަދަނީ

"ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް އުފެއްދުމުގެ މަޝްވަރާ މާދަން ފައްޓާނަން. އަދި ވަރަށް އަވަހަށް އަޅުގަނޑުމެންގެ މެޖޯރިޓީ ހިނގާ ޕާލަމެންޓަކަށް މަޖިލިސް ވާނެކަމަށް ވަރަށް އުއްމީދުކުރަން،"

ޖުމްހޫރީ ޕާޓީއާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވަކި ޕީޖީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރަން ނިންމައިފި އެވެ.

މި ނިންމުން އައީ މިރޭ އޮތް "ފިކުރެއްގެ ދިރުން" ޕީޖީ ގުރޫޕްގެ ބައްދަލްވުމުގައެވެ. އެމްޑީޕީގެ 10 މަޖިލީސް މެންބަރުން ބައިވެރިވި ބައްދަލްވުމަށް މެދު ހެންވޭރު ދާއިިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު ވަކި ޕީޖީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަޝްވަރާތައް މާދަމާ ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް އުފެއްދުމުގެ މަޝްވަރާ މާދަން ފައްޓާނަން. އަދި ވަރަށް އަވަހަށް އަޅުގަނޑުމެންގެ މެޖޯރިޓީ ހިނގާ ޕާލަމެންޓަކަށް މަޖިލިސް ވާނެކަމަށް ވަރަށް އުއްމީދުކުރަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވިއިރު "ފިކުރެއްގެ ދިރުން" ހަރަކާތަށް އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 14 މެންބަރުން ނިސްބަތްވެއެވެ.

  • 1.މުހައްމަދު ނަޝީދު - މައްޗަންގޮޅީ މެދު ދާއިރާ
  • 2.އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
  • 3.ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
  • 4.އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ
  • 5.އިބްރާހިމް ރަޝީދު - މާފަންނު މެދު ދާއިރާ
  • 6.އިމްތިޔާޒް ފަހްމީ - މާފަންނު އުތުރު ދާއިރާ
  • 7.މުހައްމަދު ރަޝީދު - މައްޗަންގޮޅީ އުތުރު ދާއިރާ
  • 8.ޔާސިރު އަބްދުލްލަތީފް - ކުޅުދުއްފުށީ އުތުރު ދާއިރާ
  • 9.އިލްޔާސް ލަބީބް - ހުޅުދޫ ދާއިރާ
  • 10.ހަސަން އަފީފް - ވިލުފުށީ ދާއިރާ
  • 11.އަހްމަދު ރަޝީދު - ހިތަދޫ ދެކުނު ދާއިރާ
  • 12.މުހައްމަދު ވަހީދު - އުނގޫފާރު ދާއިރާ

ޖުމްހޫރީ ޕާޓީގައި ތިއްބެވީ ތިން މެންބަރުންނެވެ. އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

އިދިކޮޅު ތިން ޕާޓީ ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީގައި ތިއްބެވީ 12 މެންބަރުންނެވެ. އެއީ ޕީޕީއެމްގައި ފަސް މެންބަރުންނާއި ތިން މެންބަރުންނެވެ. ޕީއެންސީގައި ތިބީ ތިން މެންބަރުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.