އިމާރާތުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ނުފަތުރަން އެދިއްޖެ

ފުލުހުން މިފަދަ އިލްތިމާސެއް ކުރިއިރު ބައެއް މީހުން ވަނީ އެކި ޝުއޫރުތައް ފާޅުކޮށް އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

މާލޭ ސިޓީގައި އިމާރާތެއްގެ މަތީން މިރޭ ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯތައް ނުފަތުރަން ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.

ހެންވޭރުގައި ހުރި ގެއަކުން އަންހެން މީހާ ވެއްޓިފައި އޮއްވާ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އަދި އެ އާއިލާއަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފައި މިދަނޑިވަޅު އަންހެން މީހާގެ ފޮޓޯތައް ނުފަތުރަން ވަނީ އެދިފައެވެ.

ފުލުހުން މިފަދަ އިލްތިމާސެއް ކުރިއިރު ބައެއް މީހުން ވަނީ އެކި ޝުއޫރުތައް ފާޅުކޮށް އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. 

ފުލުހުން ބުނި ގޮތުގައި އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. އެއީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެކެވެ.

އިމާރާތެއްގެ މަތީން އަންހެނަކު ވެއްޓި ނިޔާވެފައި މިވަނީ މާލޭގެ ހެންވޭރު އަވަށުގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި ނިޔާވެފައި ވަނިކޮށެވެ. ރޭ ދަންވަރު 12:20 ގައި ހިނގި ހާދިސާގައި ނިޔާވީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓުނީ ހ. އެސްޕީ ވިލާ ފަސް ވަނަ ބުރީގެ ބެލްކަނިންނެވެ. އެ ގެ ހުންނާނީ ނޫރު މިސްކިތް ކަރިން އުނިމާ ގްރޭންޑާ ހޮޓެލްއާ ޖެހިގެން އިރަށެވެ.

މަރުގެ މި ހާދިސާގެ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

މި ހާދިސާއާބެހޭ ގިނަ ތަފުސީލުތަކެއް ނެތެވެ. ނަމަވެސް އޭނާ ވެއްޓުނުކަން ގޭގެ މީހުނަށް އެނގުނީ ކޮޓަރީގައި ނެތިގެން ހޯދަމުން ގޮސް މަގުމަތި ބެލުމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.